ބޭނުން ނުކުރާ 600 އެއްހާ އެކައުންޓް އެސްބީއައި އިން އުވައިލަނީ

ބޭނުން ނުކުރާ 600 އެއްހާ އެކައުންޓް އެސްބީއައި އިން އުވައިލަނީ
ލިޔުން:
ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) ގައި އެކި މީހުން ހުޅުވުމަށްފަހު ފަސް އަހަރުވަންދެން އެއްވެސް މުއަމަލާތެއް ނުކުރާ 576 އެކައުންޓް އުވާލުމައްޓަކައި އެ އެކައުންޓްކަތުގެ މައުލޫމާތު ގެޒެޓްގައި މިއަދު ޝާއިތު ކޮށްފިއެވެ.
އެސްބީއައި އިން ބުނީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނު ގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެބޭންކުގެ އެކައުންޓަކުން އެއްވެސް އުއާމަލާތެއް ނުކޮށް ފަސް އަހަރު ވެފައިވާ އަދި އެކަމުގެ ސަބަބެއް ބޭންކަށް ލިޔުމުން އަންގާފައިނުވާ އެކައުންޓްތަކަކީ "ޑޯމަންޓް އެކައުންޓް"(ބޭނުން ނުކުރާ އެކައުންޓް) އެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ. އަދި އެފަރާތްތަކަށް އެކައުންޓުގެ ތަފުސީލު އެންމެ ފަހުން އެބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
އެސްބީއައި އިން ބުނީ 31 މޭ 2023 ގެ ކުރިން އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މިއާމަލާތެއް ނުކޮށްފިނަމަ، އެބޭކުން އެފަދަ އެކައުންޓްތައް ބަންދުކޮށް، ދިވެހިރާއްޖޭގެ ބޭންކިންގ ބެހޭ ގާނޫނު ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރެވޭނެ ކަމަށެވެ.
އެހެންކަމުން އެފަދަ އެކައުންޓެއް އެސްބީއައި ގައި އޮތް ފަރާތެއްނަމަ، އެކައުންޓާމެދު އަމަލުކުރާން ބޭނުންވާ ގޮތެއް އެންގުމަށް އެސްބީއައި އިން އެދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
