މާލެ: 31°C

ބީސީސީން ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސް ބާއްވައިފި

March 22, 2024
2 ފަހަރު ބަލާފައި
ބީސީސީން ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސް ބާއްވައިފި
ބީސީސީން ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސް ބާއްވައިފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސެއް ބާއްވައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ބީސީސީން ކުރިއަށް ގެންދާ ކޮންފުލުއެންސެކެވެ.  ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ލ.ފޮނަދޫގައި ބޭއްވި މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދީފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ކޮންފުލުއެންސްގެ ހަވާސާގައި ބީސީސީން ވަނީ، ލ.ފޮނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ބީސީސީން ވަނީ ލ.ފޮނަދޫގައި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ދަތިތައް އޮޅުންފިލިވައި ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާ ކޮށްފައެވެ. [caption id="attachment_99643" align="alignnone" width="1600"] ބީސީސީން ފޮނަދޫގައި ކުރިއަށްގެންދިޔަ ކޮންފުލުއެންސްގެ ތެރެއިން...[/caption] ބީސީސީން ބުނީ ފުރިހަމަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރެވޭނީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެން ކަމަށެވެ. އެހެންކަމުން މިފަދަ ކޮންފުލުއެންސްތަކަކީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކޮންފުލުއެންސް ތަކެއް ކަމަށްވެސް ބީސީސީން ބުނެއެވެ. ބިޒްނަސް ސެނޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ