މާލެ: 31°C

ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

May 13, 2023
2 ފަހަރު ބަލާފައި
ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި
ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި
މެލޭޝިއާގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ޖެއްސީ 8:30 ހާއިރުއެވެ. މި ފްލައިޓުން ފަސިންޖަރުންގެ ގޮތުގައި 57 ޕަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ. ހާާއްސަ ވޯޓާ ސެލިއުޓްއަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ވަނީ ބަޓިކް އެއާއަސް މަރުހަބާ ކިޔާފައެވެ. އެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި، ބެޓިކް އެއާގެ ފްލައިޓްތަށް ކޮންމެ ދުވަހަކު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މިވަގުތު ދަތުރުތައް ރާވާފައިވައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. ނަމަވެސް ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެއެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ. މި އެއާލައިން އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އަދި މިއެއާރގެ ސަބަބުން މިމަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށްވެސް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ