ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު 1.48 ބިލިޔަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު 1.48 ބިލިޔަން ރުފިޔާގެ ފައިދާއެއް
ލިޔުން:
ބޭންކް އޮފް މޯލްޑިވްސް (ބީއެެމްއެލް) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީން ޓެކުހަށް ކެނޑުމަށް ފަހު 1.48 ބިލިޔަން ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކަށް 1.48 ބިލިޔަން ރުފިޔާގެ ފައިދާއެއްވީ ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުން ދެމެހެއްޓިގެން ކަމަށެވެ. މިދިޔަ އަހަރު އެ ބޭންކްގެ އެސެޓަށް ވެސް ގާތްގަނޑަކަށް ތިން ބިލިޔަން ރުފިޔާ އިތުރުވި ކަމަށާއި ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އެރި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ދެހާސް ބާވީސް ވަނަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިޔަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެ އެވެ. ބޭންކްގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމުކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފަ އެވެ،" ބީއެމްލްގެ ބަޔާނުގައި ބުންޏެވެ.
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހާސިލުވި ނަތީޖާއާ އެކު އެ ބޭންކްގެ ސްޓްރެޓެޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރަން އިސްކަން ދެއްވައިގެން މަސައްކަތްކުރައްވާނެ ކަަމަށެވެ.
"އަދި މިފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ބޯޑު ޑައިރެކްޓަރުންނާއި އެހާމެ ބުރަކޮށް މިދިޔަ އަހަރު މަސައްކަތްކުރި އަޅުގަނޑުމެންގެ ޓީމަށް ޝުކުރުއަދާކުރަން،" އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 35 ބްރާންޗް ހިންގަ އެވެ. އޭގެ އިތުރުން 84 ސެލްފްސާވިސް ސެންޓަރަކާއި 142 އޭޓީއެމް ވެސް އެ ބޭންކުން ހިންގަ އެވެ. އެކި ވިޔަފާރިތަކަށާއި އިދާރާތަކަށް އެބޭންކުން ދޫކޮށްފައިވާ ޕޮއިންޓް އޮފް ސޭލްސް މެޝިންތަކުގެ އަދަދަކީ 7،900 އެވެ. އެ ބޭންކުގެ ކޭޝް އޭޖެންޓުންގެ ގޮތުގައި 200 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ އިރު އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ވެސް އެ ބޭންކުން ދެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
