ބަހުން ދަތުރު ކުރާ ފަރާތްތަކަށް ދެން ކޭޝްކާޑުން ފައިސާ ދެއްކޭނެ!

ބަހުން ދަތުރު ކުރާ ފަރާތްތަކަށް ދެން ކޭޝްކާޑުން ފައިސާ ދެއްކޭނެ!
ލިޔުން:
މާލެ ސަރަހައްދުގައި ބަސް ދަތުރު ކުރާ ފަރާތަކަށް މިއަދުން ފެށިގެން ކޭޝްކާޑޫ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
ބަހުގެ ހިދުމަތް ބޭނުންކުރައްވާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދާ ދިނުމުގެ ގޮތުން ގެނެވުނު މި ފަސޭހައާއި ގުޅިގެން އެ ކުންފުނިން ބުނީ ދުނިޔޭގެ ކޮންމެ ބެންކެއްގެވެސް މާސްޓާސް ކާޑެއް ނުވަތަ ވިސާ ކާޑަކުންވެސް މިހާރު ބަސް ދަތުރު ކުރުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ކޭޝްކާޑު މެދުވެރިކޮށް ޓިކެޓަށްވާ ފައިސާ ދެއްކުމަށް ބޭނުނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް ހަރުކުރެވިފައި ވާނެ ކަމުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.
މިވަގުތު ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި އޮތީ މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރާ ބަސްތަކަށް އެކަންޏެވެ.
"...އެހެން ނަމަވެސް އަވަސް މުސްތަގބަލެއްގައި އެހެނިހެން އަތޮޅުތަކުގައި މި ކުންފުނިން ދެމުން އަންނަ އާރް.ޓީއެލް ބަހުގެ ޚިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންހުރި މަސައްކަތް މި ކުންފުނިން ކުރަމުން އަންނަކަން ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ." އެމްޓީސީސީއިން މިއަދު ނެރުނު ޕްރެސް ރިލީސްގައި ބުނެފައި ވެއެވެ.
ކޭޝްކާޑުން ފައިސާ ދެއްކޭނެ ނިޒާމް ހަމަޖެހިގެން ދިޔަ ނަމަވެސް ކުރިން ޓިކެޓު ގަތުމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ހުރަހެއް ނެތެވެ. އެގޮތުން ބަސް ސްޓޭޝަންތަކުން ޓިކެޓް ގަނެގެން ދަތުރު ކުރެވިދާނެ އެވެ. ނޫންނަމަ ބަސް ކާޑަށް ރީލޯޑް ކޮށްގެންވެސް ދަތުރު ކުރެވިދާނެ އެވެ. އަދި އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށްވެސް ބަސް ދަތުރުތަކަށް ޓިކެޓް ގަނެވިދާނެ އެވ.ެ
އެމްޓީސީސީއިން ބުނީ ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ސްކޫލް ޔުނިފޯރމްގައި
ތިބޭ ދަރިވަރުންނަށްވެސް ހިލޭ ދަތުރު ކުރުވޭނެ ކަމުގައި އެކުންފުނިން ފާހަގަކުރެ އެވެ.
"އަޅުގަނމެންގެ މަގްސަދަކީ އެކަށީގެންވާ އަގެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު، ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންމަތީ، ދެމިތިބުން،" އެމްޓީސީސީއިން ބުނެ އެވެ.
https://twitter.com/MTCCPlc/status/1612834733351923714?s=20&t=cz9MICwd4fYZWnCzCwnvbQ
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
