ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 60 ރުފިޔާއަށް ވެއްޓިއްޖެ

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 60 ރުފިޔާއަށް ވެއްޓިއްޖެ
ލިޔުން:
މާލޭ ބާޒާރުގައި 100 ރުފިޔާއަށް ހުރި ލުނބޯ ކިލޯއެއްގެ އަގު 60 ރުފިޔާއަށް ވެއްޓިއްޖެއެވެ.
މީގެ ހަތަރުވަރަކަށް ދުވަސް ކުރިއަށް ޖެހިލާއިރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 100 ރުފިޔާއަށް ބޮޑުވެފައެވެ.
ބާޒާރުގައި ލުނބޯގެ އަގު މައްޗަށްގޮސްފައިވަނީ، ރާއްޖެއަށް އެންމެ ގިނައިން ލުނބޯ އެތެރެކުރާ އިންޑިއާއިން ލުނބޯ ލިބުން ދަތިވުމާއި، ބޭރު ފައިސާ ލިބުމުގައިވެސް ދަތިތަކެއް ހުރުމުންކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
މާރުކޭޓް ގޮޅިއަކުން ވާހަކަދެއްކި މީހަކު ބުނީ ބާޒާރުގައި ލުނބޯގެ އަގު ދަށަށްގޮސްފައިމިވަނީ މިސްރުގެ އިތުރުން ވިއެޓްނާމުން ލުނބޯ ގެނަން ފެށުމުންނެވެ. މިގޮތުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ބާޒާރުގައި ލުނބޯގެ އަގު ދަށަށް ދާނޭކަމަށް ބެލެވޭކަމަށް ގޮޅިން ވާހަކަދެއްކި މީހާ ބުންޏެވެ.
މިދިޔަ މަސް ފެށުނު އިރު ބާޒާރުގައި ލުނބޯ ކިލޯއެއް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން ހުއްޓެވެ. ނަމަވެސް ދެހަފްތާއެއްހާ ދުވަސްފަހުން ލުނބޯ ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއަށް މައްޗަށްގޮސް ގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު އާއްމު ގޮތެއްގައި ލުނބޯގެ އަގު މައްޗަށްދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ވަނީ ކުރިއަށްއޮތް ރަމަޟާންމަހު ބާޒާރުގައި ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅާނޭކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
