މާލެ: 31°C

އެޕޯލޯގެ ޓަވަރުތަކަށް ބޭނުންވާ ލިފްޓް ބެހެއްޓުމަށް އެސްޓީއޯ އާ ހަވާލުކޮށްފި

February 28, 2024
2 ފަހަރު ބަލާފައި
އެޕޯލޯގެ ޓަވަރުތަކަށް ބޭނުންވާ ލިފްޓް ބެހެއްޓުމަށް އެސްޓީއޯ އާ ހަވާލުކޮށްފި
އެޕޯލޯގެ ޓަވަރުތަކަށް ބޭނުންވާ ލިފްޓް ބެހެއްޓުމަށް އެސްޓީއޯ އާ ހަވާލުކޮށްފި
އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ އެޕާތްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ ލިފްޓްތައް ބެހެއްޓުމަށް އެސްޓީއޯ އާ ހަވާލުކޮށްފިއެވެ. ހުޅުމާލޭގައި އެޕޯލޯ ކުންފުނިން 9 ޓަވަރު ތަރައްޤީކުރަމުން އަންނައިރު، އެތަންތަނަށް 46 ލިފްޓް ބޭނުންވެއެވެ. އެސްޓީއޯ އާ އެޕޯލޯ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 9 އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ބުނީ، މި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުރެވިގެންދާނެއެވެ. މިއެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ 05 ލިފްޓް ހަރުކުރެވިގެން ދާނެއެވެ. ލިފްޓު މާކެޓުގައި ރާއްޖޭގައި ބޮޑު މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރެވިގެންދާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ. ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ އެންމެ ނަގާކިޔާ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ