މާލެ: 31°C

އަންނައުނާއި އާޓް އެންޑް ކަރާފްޓް ފަދަ ތަކެތި ވިއްކުމަށް އެސްއެމްއީ ހަބް އިން ޖާގަ ހުޅުވާލައިފި

May 8, 2023
2 ފަހަރު ބަލާފައި
އަންނައުނާއި އާޓް އެންޑް ކަރާފްޓް ފަދަ ތަކެތި ވިއްކުމަށް އެސްއެމްއީ ހަބް އިން ޖާގަ ހުޅުވާލައިފި
އަންނައުނާއި އާޓް އެންޑް ކަރާފްޓް ފަދަ ތަކެތި ވިއްކުމަށް އެސްއެމްއީ ހަބް އިން ޖާގަ ހުޅުވާލައިފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިންގާ "އެސްއެމްއީ ހަބް"ގެ 2 ވަނަ ފަންގިފިލާގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ބީސީސީއިން މިހާރު ހުޅުވާލަނީ އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާއެވެ. އެ ކުންފުނިން ބުނީ އެތަން ހާއްސަކޮށްފައިވާނީ އަންނައުނާއި، އާޓް އެންޑް ކްރާފްޓްގެ އިތުރުން އެކްސެސަރީސް ވިއްކާ ވިޔަފާރިތަކަށް ކަމަށެވެ. އެ ފަންގިފިލާގައި ޖުމްލަ 10 ކިއޮސްކް ހުންނައިރު މިތަނުން 3 ކިއޮސްކް ހާއްސަކުރަނީ އަންނައުނު ވިއްކާ ވިޔަފާރިތަކަށެވެ. އަދި އަނެއް ކިއޮސްކްތައް ހާއްސަކޮށްފައިވަނީ އާޓް އެންޑް ކްރާފްޓް އަދި އެކްސެސަރީސްގެ ވިޔަފާރިތަކަށެވެ.

މީގެއިތުރުން މި ފަންގިފިލާގައި މިނީ ސިނަމާއަކާއި، ސެލޫންއަކާއި، ގޭމިން އޭރިއާއެއްވެސް ހުންނާނެކަމަށް ބީސީސީއިން ބުނެއެވެ. އަދި ހުނަރުވެރިންގެ އާރޓް ޑިސްޕްލޭ ކުރާނެ ތަނެއްވެސް ހުންނާނެއެވެ.

2 ވަނަ ފަންގިފިލާއިން  ވިޔަފާރިތަކަށް ކިއޮސްކްތައް ކުއްޔަށް ހިފުމަށް ހުޅުވާލި ކޮއޮކްސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 4 އިން 16 ގެ ނިޔަލަށް މި އޮންނާނެކަމަށް ބީސީސީ އިން ބުންޏެވެ.

މި ކިއޮސްކުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު sme.hub@bcc.mv އަށް އީމެއިލް ކުރެވޭނެކަމަށާއި އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށްކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.

ބީސީސީއިން ބުނީ މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ހާއްސަ ކޮށް ކުދި ވިޔަފާރި ކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދިނުންކަމަށެވެ.

ބީސީސީން ތަރައްގީކޮށްފައިވާ އެސްއެމްއީ ހަބް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު ހުޅުވައި ޙިދުމަތް ދެމުން އަންނަނީ މި ހަބްގެ އެންމެ ތިރީ އަދި ފުރަތަމަ ފަންގިފިލާއެވެ.

ޗާންދަނީ މަގު ކަންމަށްޗަށް ހުންނަ މިތަނުގެ އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި، ގަހާއި، ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކޭނެ ކުޑަ ބުކްޝޮޕެއް ކަހަލަ ތަނެކެވެ. އަދި އެންމެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކާއެއްޗެތި ތައްޔާރުކުރާ ފަރާތްތަކަށެވެ. މިފަންގިލާގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 19 ކިއޮސްކް ހުރިއިރު، ކޮންމެ ކިއޮސްކެއްގައިވެސް ދިވެހި ވިޔަފާރިވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ