މާލެ: 31°C

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބީސީސީ އާއި އެސްޑީއެފްސީސް އައްޑޫ ސިޓީގައި ޚާއްޞަ ފޯރަމެއް ބާއްވައިފި

March 9, 2024
2 ފަހަރު ބަލާފައި
އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބީސީސީ އާއި އެސްޑީއެފްސީސް އައްޑޫ ސިޓީގައި ޚާއްޞަ ފޯރަމެއް ބާއްވައިފި
އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބީސީސީ އާއި އެސްޑީއެފްސީސް އައްޑޫ ސިޓީގައި ޚާއްޞަ ފޯރަމެއް ބާއްވައިފި
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްޑީއެފްސީން އައްޑޫ ސިޓީގައި "ހިޔަލަ ފޯރަމް" ކުރިއަށް ގެންގޮސްފިއެވެ. މި ފޯރަމްގައި ވިޔަފާރީގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމުގައި މުޖުތަމަޢުއިން ދިމާވާ އެކި ގޮންޖެހުން އަރައިގަންނާނެ ގޮތާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އިއްޔެ އައްޑޫ ސިޓީ ކައުންސިލް ހޯލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގެ ހަވާސާގައި، އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ އަދި އެސްޑީއެފްސީން ވަނީ އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ފަންނުވެރިންނާއި ބައްދަލުކޮށް، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ފަރާތުން ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ. ހިޔަލަ ފޯރަމްގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ބައެއް އިސް ވެރިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްޑީއެފްސީގެ އެންމެ އިސް ވެރިން ބައިވެރިވެފައިވެއެވެ. މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކުގައެވެ. [caption id="attachment_99029" align="alignnone" width="1280"] އައްޑޫސިޓީގައި ބޭއްވި ހިޔަލަ ފޯރަމްގެ ތެރެއިން[/caption] ބީސީސީއާއި އެސްޑީއެފްސީން ކުރިއަށްގެންދާ ހިޔަލަ ފޯރަމަކީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ޓަކައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. "ހިޔަލަ ފޯރަމް"ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މާލެ ސިޓީގައެވެ. ބިޒްނަސް ސެނޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. އަދި އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ އެސްއެމްއީ ބޭންކެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ