އަންހެނުންނަށް ހާއްސަ "ފަށާ މަދަދު" ލޯން، މިއަދު ދޫކުރަން ފަށަނީ

އަންހެނުންނަށް ހާއްސަ "ފަށާ މަދަދު" ލޯން، މިއަދު ދޫކުރަން ފަށަނީ
ލިޔުން:
އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނު މިއަދު ދޫކުރަން ފަށާނެކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ބުނެފިއެވެ.
އެސްޑީއެފްސީއިން މީގެ ދެދުވަސް ކުރިން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދީފައިވާ ގޮތުގައި، "ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ކަމަށެވެ.
މިލޯންގެ އިތުރުން އަންހެން ވިަފާރަިވެރިންނަށް ޚާއްސަކޮށްގެން ފަށާ މަދަދު - ލީޒިން" ސްކީމެއްވެސް އެސްޑީއެފްސީންވަނީ ތަޢާރަފްކޮށްފައެވެ. މިސްކީމުގެ މަޤްޞަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.
ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ. އިންޓަރެސްޓުގެ ގޮތުގައި 8 ޕަސަންޓު މި ލޯނުން ނަގާނެއެވެ.
އެސްޑީއެފްސީން ބުނެފައިވަނީ މި ލޯން ސްކީމުގެ %25 ޚާއްޞަ ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށްކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބި، މާލީ ހާލަތު ކަށަވަރުނުވުމުން ލޯނު ނުލިބޭ ފަރާތްތަކަށްވެސް މިލޯން ސްކީމުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތައާރަފްކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
