މާލެ: 31°C

މިއަހަރުގެ ފުރަތަމަ 6 ހަފްތާ، ހަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް މިނިސްޓްރީ

March 10, 2025
425 ފަހަރު ބަލާފައި
މިއަހަރުގެ ފުރަތަމަ 6 ހަފްތާ، ހަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް މިނިސްޓްރީ
މިއަހަރުގެ ފުރަތަމަ 6 ހަފްތާގެ ދައުލަތުގެ ހަރަދަށްވުރެ ލިބިފައިވާ އާމްދަނީ އިތުރު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީ ހާމަކޮސްފިއެވެ.

މިއަހަރުގެ ފުރަތަމަ 6 ހަފްތާގެ ދައުލަތުގެ ހަރަދަށްވުރެ ލިބިފައިވާ އާމްދަނީ އިތުރު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީ ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ 6 ހަފްތާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ފެބްރުއަރީ 13 ގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހަރަދުކޮށްފައިވަނީ 3 ބިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގެ ތެރޭގައި ޓެކްސް ގެ އާމްދަނީގެ ގޮތުގައި 3.8 ބިލިޔަން ލިބިފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިޔަން ރުފިޔާއެވެ. 2 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.

އެ މުއްދަތުގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައިލިބިފައިވަނީ 309 މިލިޔަން ރުފިޔާ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި 541 މިލިޔަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 28 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ