މާލެ: 31°C

420 ޓަނުގެ މަސް ރައްކާކުރެވޭ "ޖަޒީރާ 103" ރާއްޖެއަށް އަންނަން ފުރައިފި

March 18, 2023
2 ފަހަރު ބަލާފައި
420 ޓަނުގެ މަސް ރައްކާކުރެވޭ "ޖަޒީރާ 103" ރާއްޖެއަށް އަންނަން ފުރައިފި
420 ޓަނުގެ މަސް ރައްކާކުރެވޭ "ޖަޒީރާ 103" ރާއްޖެއަށް އަންނަން ފުރައިފި
މަސްގަތުމުގެ ގާބިލުކަން އިތުރުކުރަން މިފްކޯއިން ގެންނަ ހަތަރު ބޯޓުގެ ތެރެއިން އެންމެ ބޮޑު ބޯޓް "ޖަޒީރާ 103" ދެކުނު ކޮރެއާއިން ރާއްޖެއަށް އަންނަން ދަތުރު ފަށައިފި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރް ހުސައިން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި 420 ޓަނުގެ މަސް ރައްކާކުރެވޭ ޖަޒީރާ 103 ރާއްޖެ އައުމަށް މިއަދު ފުރާފައިވާ ކަަމަށާއި އެބޯޓް ރާއްޖެއަށް ވަންނާނީ އަންނަ އޭޕްރިލްމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. ޖަޒީރާ 103 ގަންނަން ފައިސާ ހަަރަދުކުރީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ. އެއީ މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުންޏަކަށް ވާތީ އެ ހައިސިއްޔަތުންނެވެ. މިފްކޯއިން ކުރިން ބުނެފައިވާ ގޮތުގައި ޖަޒީރާ 103 އަކީ ބޯޓުގެ ދެ ފަރާތުން ވެސް ފަސޭހައިން މަސްކިރޭ ގޮތަށް ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އެބޯޓަށް ދުވާލަކު 120 ޓަނުގެ މަސްގަނެ ގަނޑުކުރެވޭނެ އެވެ. [embed]https://twitter.com/HusenAmr/status/1637037561293185025?s=20[/embed] މިފްކޯއިން ކުރިން ބުނެފައިވާ ގޮތުގައި އެކުންފުންޏަށް ގަންނަ އަނެއް ތިން ބޯޓް ވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިމިފަ އެވެ. އެއީ އެހެން ނަމަވެސް ޖަޒީރާ 103 އަށް ވުރެ މާކުދި ބޯޓްތަކެކެވެ. އެ އިން ބޯޓަކަށް ދުވާލަކު ގަނެ ރައްްކާކުރެވޭނީ 60 ޓަނުގެ މަހެވެ. މަސްގަތުމުގެ މަސައްކަތަށް ނެރުމުގެ ކުރިން އެބޯޓްތަކަށް ގެންނަން ޖެހޭ ބައެއް ބަަދަލުތައް ގެނައުމަށް ޓަކައި އެބޯޓްތައް މިހާރު ހުރީ ތައިލެންޑްގައި ޑޮކް ކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ