ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ހޮންކޮން އެއާލައިން ރާއްޖެއަށް

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ހޮންކޮން އެއާލައިން ރާއްޖެއަށް
ލިޔުން:
ތިން އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ހޮންކޮން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ހޮންކޮން އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، މިދަތުރުގެ ފުރަތަމަ ފްލައިޓް ވެލާނާ އިްނޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މިރޭ އައި ހޮންކޮން އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވީއައިއޭގައި ވަނީ ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މިކަމުގައި ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބައިވެރިވިއެވެ.
ހޮންކޮން އެއާލައިނުން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ކޮށްފައިވާއިރު، އެންމެފަހުން ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނެވެ.
ހޮންކޮން އެއާލައިނުން ޝެޑިއުލް ދަތުރުތައް އަލުން ފަށާފައިވާއިރު، އެ އެއާލައިނުން ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް އުދުހުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި އެއާބަސް އޭ 380 މަރުކާގެ ބޯޓު ބޭނުންކުރާއިރު، އެ އެއާލައިނުން މިއަދު ވަނީ 209 މީހުން ވަނީ ރާއްޖެ އައިސްފައެވެ.
https://twitter.com/visitmaldives/status/1748384735771169254
ބައިނަލްއަޤްވާމީ އެކި ކަންކޮޅުތަކުގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަމުން އަންނަ މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ބުނީ ހޮންކޮން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ސަބަބުން ޗައިނާ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑުތަން އިތުރުވާނޭ ކަމަށެވެ.
ރާއްޖެއަށް މިހާރުވެސް ޗައިނާގެ ހަތަރު އެއާލައިނަކުން އުދުހުންތައް ބާއްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
