" މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރިކުރުވުމުގެ ގޮތުން ގިނަ ޕްރޮގްރާމެތަކެއް ދޯނީގެ ވެރިފަރާތުން ކުރައްވާކަން ފާހަގަކުރަން." މިދޯންޏާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.ޓީއެސް ލައިން ދޯންޏަކީ އެއްދުވަހުން އެންމެ ގިނަ މަސް ބާނައިގެން މިދިޔަ މަހު ރިކޯޑް ހެދި ދޯންޏެކެވެ. މީގެ 16 އަހަރު ކުރިން ތިނަދޫ ރަސްމަގު ދޯނިން 53 ޓަނު ބާނައިގެން ހެދި ރިކޯޑް ޓީއެސްލައިން ދޯނިން މުގުރާލީ 57 ޓަނު ބާނައިގެންނެވެ. ނަމަވެސް މިމަހުގެ 3 ވަނަ ދުވަހު 59 ޓަނު މަސް ބާނައިގެން ފަރެސްމާތޮޑާ ބާހިރާ ދޯނިން ވަނީ ޓީއެސްލައިން ހެދި ރިކޯޑް މުގުރާލާފައެވެ. މިދިޔަ އަހަރު 2 ވަނަ އަށް އެންމެ ގިނަ މަސް ކިރުވާފައިވަނީ ގދ މަޑަވެލީ ކަމަނަ ދޯންޏެވެ. ފިޝަރީން މިނިސްޓްރީން ބުނީ ކަމަނަ ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ ދޯންޏެއް ކަމަށެވެ. މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ ފައިވަނީ ގއ. މާމެންދޫ ހުޝިޔާރު ދޯންޏެވެ. ދޯނިފަހަރުގެ ވެރިންނާ ހަނދާނީ ފިލާ ހަވާލުކޮއްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.
މިދިޔަ އަހަރު އެންމެ ގިނަ މަސްކިރުވީ މަޑަވެލީ ޓީއެސްލައިން ދޯނިން

މިދިޔަ އަހަރު އެންމެ ގިނަ މަސްކިރުވީ މަޑަވެލީ ޓީއެސްލައިން ދޯނިން
ލިޔުން:
2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދަކަށް ގދ. މަޑަވެލީ ޓީ.އެސް ލައިން ދޯނި ހޮވިއްޖެއެވެ.
މިކަން އިއުލާންކުރީ ފަރެސްމާތޮޑާގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ އެންމެ ގިނައިން މަސްކިރުވި ދޯނިފަހަރަށް ހަނދާނީ ފިލާ ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
