މާލެ: 31°C

12 މިލިއަން ޑޮލަރަށް ޖީޑީޕީ އިތުރުކުރުމަށް، ވީއައިއޭގެ މަޝްރޫއު މުހިންމު: ސައީދު

January 5, 2024
3 ފަހަރު ބަލާފައި
12 މިލިއަން ޑޮލަރަށް ޖީޑީޕީ އިތުރުކުރުމަށް، ވީއައިއޭގެ މަޝްރޫއު މުހިންމު: ސައީދު
12 މިލިއަން ޑޮލަރަށް ޖީޑީޕީ އިތުރުކުރުމަށް، ވީއައިއޭގެ މަޝްރޫއު މުހިންމު: ސައީދު
ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ވީއައިއޭ މަޝްރޫޢަކީ އެންމެ މުހިއްމު މަޝްރޫއުކަމަށް އިކޮނިމިކް މިނިސްތަރު މުހައްމަދު ސައިދު ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްގީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ނާޒުކު ޙާލަތެއްގައި އޮތް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރަކީ އެ ސިނައަތުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ޖައްސަވަފައިވާ ހިސާބެއްކަމަށެވެ. އެގޮތުން 2003 ވަނަ އަހަރުން ފެށިގެން 2022 ހާއި ހަމައަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދެމެދު އޮތް ގުޅުމަށް ބަލާއިރު 95 އިންސައްތަ ރަނގަޅު ހިސާބެއްކަން ސައީދު ވިދާޅުވިވެ.
"ރައީސްގެ ވަޢުދުފުޅެއް ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ. މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ގްރޯތެއް އަޔަސް މިހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަން. އެކަންކުރުމަށް މިއީ މުހިއްމު މަޝްރޫޢެއް."  ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރާއްޖެއިން މިމަސައްކަތް ނުފަށާ މަޑުޖައްސާލައިފިނަމަ، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާއިރު އިޤްތިޞާދު އާރާސްތުކޮށް ފުޅާނުކުރާނަމަ ދައުލަތަށް ނުއުފުލޭނެ މާލީ ބުރައަކަށްވާނެކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުއާއެކު އެއަރލައިންތަކަށް ދޫކުރާ ފިއުލްގެ އަގު ހެޔޮވެގެންދާނެކަމަށާއި، ރާއްޖެއިން ބޭރުކުރާ ކާގޯ އިތުރުވެގެންދާނެކަމަށެވެ.  އަދި ރާއްޖޭގެ ވިޒިޓާ ބޭސްޑް އިކޮނޮމީއެއް ކަށަވަރުވެގެންދާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އަދި އެއާއެކު މިސަރަޙައްދުގައި ނެތްވަރުގެ ޓްރާންސިޓް ޕޮއިންޓަކަށް ވީއައިއޭ ވެގެންދާނެކަމަށާއި، މިކަން ކަށަވަރުކުރުމަށް އެހެން ޓްރާންސިޓް މަންޒިލްތަކަށް ނުލިބޭ ފައިދާ ރާއްޖެއަށް ލިބިގެންދާނެކަމަށް ވެސް މިނިސޓަރު ސަޢީދު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ