އއ. ހިމަންދޫ ސުކޫލު އަންހެން ދަރިވަރުންނަށް ސެލްފް ޑިފެންސް ތަމްރީނުތަކެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ތަމްރީނަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެކެއް ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުގައި، ދަރިވަރުންގެ މެދުގައި އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ދިފާއުވާނެ އަސާސީ އުކުޅުތައް ދަސްކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ ހިމަންދޫ ޕޮލިހާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ.







