މާލެ: 31°C
ކަލައިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ކަލައިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

12 އޮކްޓޫބަރު 2026
79 ފަހަރު ބަލާފައި

ލ ކަލައިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، ޕޫލްކިނާރާ / ޙުސައިން ޢަލީ (34އ) އެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހު ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން އޭނާ ފޭބިއިރު، އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ގާތު މަޑުކުރަން ބުނުމުން ދުވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އޭނާ ހުއްޓުވައި، އޭނާ ފޮރުވި ތަކެތި ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ