މާލެ: 31°C
3 މީހުން އަރުވައިގެން ސައިކަލް ދުއްވީ މި މަހުގެ 16 ގެ ނިއަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހެއް

3 މީހުން އަރުވައިގެން ސައިކަލް ދުއްވީ މި މަހުގެ 16 ގެ ނިއަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހެއް

11 އޮކްޓޫބަރު 2026
57 ފަހަރު ބަލާފައި

3 މީހަކު އަރައިގެން ސައިކަލް ދުއްވަނިކޮށް، އެކްސިޑެންޓްވި ހާދިސާގައި އެ ސައިކަލް ދުއްވީ އެހެން މައްސަލައެއްގައި ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނިކޮށް އެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއްކަން ކަން ހާމަވެއްޖެ އެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހ. ލާމިޔާ، 22 އަހަރުގެ އަޙްމަދު އުވައިސް އަކީ މިދިޔަ ސެޕްޓެމްބަރު 31 ވަނަ ދުވަހު މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން 15 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހެކެވެ.

އެހެންކަމުން ކޯޓުގެ ބަންދުގެ އަމުރުގެ މުއްދަތު މި މަހުގެ 16 އަށް ހަމަވާގޮތަށް އޮތް ނަމަވެސް އޭނާ ބަންދުން ދޫވެފައި ހުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ