މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ދުވާލަކު 500 ރޮށި ފިހެދޭނެ ބަޔަކު ހޯދަން އެކުންފުނިން އިއުލާނު ކޮށްފިއެވެ.
އެކުންފުނިން ބުނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ރޮށި ސަޕުލައިކޮށް ދޭން ޝައުޤުވެރިވާ ފަރާތްތައް އެކަމަށް އެކަމަށް އެދުމުގެ ފުރުިސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ދުވާލަކު 500 ރޮށި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:30 އާ ހަމައަށް އެކުންފުނިން ހުޅުވާލާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި އެދޭ އިކޮނިމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން އެ ފަރާތުގެ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެހާއި އީމެއިލާއި ގުޅޭނެ ނަންބަރުގެ އިތުރުން އަދި ޤާބިލުކަން އަންގައިދޭ ލިޔުންތަކާއި ޕްރޮފައިލް އަދި ތަޖުރިބާ ފަދަ ލިޔުންތަށް އެކުންފުނީގެ އީ މެއިލް bidinfo@macl.aero މެދުވެރިކޮށް ހުށަހެޅުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.







