މާލެ: 31°C
ދައުލަތުން ކުއްޔަށް ދޫކުރާ ރަށްތަކުގަ ރިސޯޓު ހަދައިފަ ލިބޭ އާމްދަނީއަކި ރިސޯޓު އޯނަރުގެ އަމިއްލަ މިލްކެކޭ ނުބުނެވޭނެ!: މެންބަރު ރިފާއު

ދައުލަތުން ކުއްޔަށް ދޫކުރާ ރަށްތަކުގަ ރިސޯޓު ހަދައިފަ ލިބޭ އާމްދަނީއަކި ރިސޯޓު އޯނަރުގެ އަމިއްލަ މިލްކެކޭ ނުބުނެވޭނެ!: މެންބަރު ރިފާއު

29 އޯގަސްޓު 2026
850 ފަހަރު ބަލާފައި

ދައުލަތުން ކުއްޔަށް ދޫކުރާ ރަށްތަކުގަ ރިސޯޓު ހަދައިފަ ލިބޭ އާމްދަނީއަކި ރިސޯޓު އޯނަރުގެ އަމިއްލަ މިލްކެކޭ ނުބުނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

މެންބަރިު ރިފާއު ވިދާޅުވީ ރިސޯޓުތަކުން ލިބޭ އާމްދަނީ އަކީ އަމިއްލަ މިލްކެއް ކަމަށާއި އެ ފައިސާ ބޭނުން ތަނެއްގައި ބެހެއްޓޭނެކަމަށް ބުނެ ރިސޯޓުތަކުގެ ބައެއް ވެރިން ވެރިން އަންނަނީ ވާހަކަދައްކަމުން ކަމަށެވެ.

ނަމަވެސް އެ މީހުންގެ ވިޔަފާރިތައް ބިނާކޮށްފައިވަނީ ދައުލަތުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގައި ކަމަށްވާތީ އެއީ އެމީހުންގެ އަމިއްލަ ފައިސާއަށް ވާނެ ގޮތަކާމެދު ސުވާލު އުފައްދޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު ރިފާއު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ބަލިކަށިވާ އެންމެ ބޮޑު ސަބަބަކީވެސް ގައުމުގެ ވަސީލަތްތަކުން އުފައްދާ ފައިސާ ގައުމުގައި ނުހުންނަ މައްސަލަ ކަމަށެވެ.އަދި މެމްބަރު ވިދާޅުވީ ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ވިޔަފާރިވެރިންގެ ފައިދާ ހިމާޔަތްކުރުމެއް ނޫންކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތާއި ފުދުންތެރިކަން ކަށަވަރުކޮށްދިނުންކަމަށްވެސް މެންބަރު ރިފާއު ވިދާޅުވި އެވެ.

އެގޮތުން ބޭރު ފައިސާ އާއިބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާއެކު ބަރާއްޖޭގެ އިގްތިސާދު ވަރުގަދަވާނެކަމަށާއި ވަރުގަދަ އިގްތިސާދެއްގެ މާނައަކީ ރަނގަޅު އާމްދަނީއާއި، އުފާވެރި ދިރިއުޅުމަކާއި، ކޮންމެ ދިވެހި އާއިލާއަކަށް ލިބޭ ހަގީގީ ރައްކާތެރިކަމުގެ ގޮތުގައި މެމްބަރު ރިފައު ވަނީ ސިފަކުރައްވާފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު ރިފާއު ވިދާޅުވީ ބޭރު ފައިސާ އާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހާގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތްކަމަށާއި އެމީހުންގެ މުސާރައިން އެންމެ ރުފިޔާއެއްވެސް އަދި ވަޒީފާއެއް ވެސް ގެއްލިގެން ނުދާނެކަމަށާއި، އެހެންކަމުން މީހަކު ބުނާ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި އަމިއްލަޔަށް އެ އިސްލާހާ މެދު ވިސްނުމަށްވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް މެންބަރު ރިފާއުވަނީ ގޮވާލައްވާފައެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ