މާލެ: 31°C
ރިސޯޓު އޯނަރުން މަސައްކަތްކުރަނީ ރިސޯޓު މުވައްޒަފުން ސަރުކާރާ ޖައްސުވަން: މެންބަރު ރިފާއު

ރިސޯޓު އޯނަރުން މަސައްކަތްކުރަނީ ރިސޯޓު މުވައްޒަފުން ސަރުކާރާ ޖައްސުވަން: މެންބަރު ރިފާއު

29 އޯގަސްޓު 2026
84 ފަހަރު ބަލާފައި

ރިސޯޓު އޯނަރުން މަސައްކަތްކުރަނީ ރިސޯޓު މުވައްޒަފުން ސަރުކާރާ ޖައްސުވަންކަމަށް ރައްިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާ އާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހާގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތްކަމަށާއި އެމީހުންގެ މުސާރައިން އެންމެ ރުފިޔާއެއްވެސް އަދި ވަޒީފާއެއް ވެސް ގެއްލިގެން ނުދާނެކަމަށާއި، އެހެންކަމުން މީހަކު ބުނާ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި އަމިއްލަޔަށް އެ އިސްލާހާ މެދު ވިސްނުމަށްވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް މެންބަރު ރިފާއު ވަނީ ގޮވާލައްވާފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު ރިފާއު ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން މިހާތަނަށް ރިސޯޓްތަކުން ޑޮލަރު މާރުކުރަމުން ދިޔައީ ކޮންމެ 3 މަަަހަކުން އާމްދަނީގެ %20 ނުވަތަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ރިސޯޓްތަކަށް އިހުތިޔާރު ދީގެން ކަމަށެވެ.

ނަމަވެސް އެ އިހްތިޔާރާ އެއްގޮތަށް ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން ޑޮލަރު މާރު ނުކުރާ ކަމަށާއި 3 ރިސޯޓަކުން އެއްވެސް ގޮތަކަށް އެ ޤާނޫނާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ކަމަށެވެ.

އިތުރަށް މެންބަރު ފިފާއު ވިދާޅުވީ އެހެންވެ އެކަން އިތުރަށް ހަރުކަށިކޮސް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި އެ އިސްލާހު ފާސްކުރީ އެންމެހާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެގޮތުން ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ބޭރުފައިސާ މާރުކުިރުމުގެ އިހްތިޔާރު އުވާލައި ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކިތރަންޖެހޭ ގޮތަށް އެ ޤާނޫނު މިހާރުވަނީ އިސްލާހުކުރެވިފައި ކަމަށްވެސް މެންބަރު ރިފާއު ވިދާޅުވި އެވެ.

މި ޤާނު ފާސްކުރުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ރިސޯޓު އޯނަރުން އެ ޤާނޫނާ ދެކޮޅަށް ތެދުވުމަށް ގޮވާލަމުން ކަމަށާއި، އަދި އެ ޤާނޫނާ ދެކޮޅުގހެދުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މެންބަރު ރިފާއު ވިދަޅުވި އެވެ.

ނަމަވެސް މެންބަރު ރިފައު ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ހަދާފައިވާ ގާނޫނަކާ ދެކޮޅަށް ރިސޯޓުތަކުގެ ވެރިން އެމީހުންގެ މުވައްޒަފުން ބޭނުންކުރަމުންދާކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދަޅުވެފައެވެ.

އަދި މެންބަރު ރިފާއު ވިދަޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވިޔަފާރިތައް ހިންގަންޖެހެނީ އެ ގައުމެއްގެ މާލީ ގާނޫނުތަކުގެ ދަށުންކަމަށާއި، އެއީ އަނިޔާވެރިކަމެއްގެ ގޮތުގައި ސިފަ ނުކުރެވޭނެކަމަށާއި އެއީ ކޮންމެ ގައުމެއްގެ ވެސް އާންމު އުސޫލުކަމަށެވެ.

ދިވެހިން ބޭނުންކުރާ ހުރިހާ ބާވަތެއްގެ ތަކެއްޗަކީވެސް އިމްޕޯޓުކުރާ ތަކެތި ކަމަށްވާއިރު އެތަކެތި ގަތުމަށް ޑޮލަރު ބޭނުންވާ ކަމަށާއި އެހެންކަމުން ފަތުރުވެރި ސިނާއަތުން ގައުމަށް ލިބޭ ބޭރު ފައިސާ ބަހައްޓަންވާނީ މި ގައުމުގެ ބޭންކުތަކުގައިކަމަށްވެސް މެބަރު ރިފާއު ވަނީ ވިދާޅުވެފައެވެ.

ރިސޯޓުތަކުން ލިބޭ އާމްދަނީ އަކީ އަމިއްލަ މިލްކެއް ކަމަށާއި އެ ފައިސާ ބޭނުން ތަނެއްގައި ބެހެއްޓޭނެކަމަށް ބުނެ ރިސޯޓުތަކުގެ ބައެއް ވެރިން ވެރިން އަންނަނީ ވާހަކަދައްކަމުން ކަމަށާއި، ނަމަވެސް އެ މީހުންގެ ވިޔަފާރިތައް ބިނާކޮށްފައިވަނީ ރައްޔިތުންގެ މިލްކެއް ކަމުގައިވާ، ދައުލަތުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގައި ކަމަށްވާތީ އެއީ އެމީހުންގެ އަމިއްލަ ފައިސާއަށް ވާނެ ގޮތަކާމެދު ސުވާލު އުފައްދޭ ކަމަށްވެސް މެންބަރު ރިފާއު ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ރިފާއު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ބަލިކަށިވާ އެންމެ ބޮޑު ސަބަބަކީވެސް ގައުމުގެ ވަސީލަތްތަކުން އުފައްދާ ފައިސާ ގައުމުގައި ނުހުންނަ މައްސަލަ ކަމަށެވެ.

އަދި މެމްބަރު ވިދާޅުވީ ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ވިޔަފާރިވެރިންގެ ފައިދާ ހިމާޔަތްކުރުމެއް ނޫންކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތާއި ފުދުންތެރިކަން ކަށަވަރުކޮށްދިނުންކަމަށްވެސް މެންބަރު ރިފާއު ވިދާޅުވި އެވެ.

އެގޮތުން ބޭރު ފައިސާ އާއިބެހޭ ޤާނޫނަށް ގެނެވުނު އިސްލާހާއެކު ބަރާއްޖޭގެ އިގްތިސާދު ވަރުގަދަވާނެކަމަށާއި ވަރުގަދަ އިގްތިސާދެއްގެ މާނައަކީ ރަނގަޅު އާމްދަނީއާއި، އުފާވެރި ދިރިއުޅުމަކާއި، ކޮންމެ ދިވެހި އާއިލާއަކަށް ލިބޭ ހަގީގީ ރައްކާތެރިކަމުގެ ގޮތުގައި މެމްބަރު ރިފައު ވަނީ ސިފަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ