މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާކަމަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޖެނަރަލް ރިޒާވް ނޫންގޮތަކަށް އެމްއެމްއޭއަށް ސަރުކާރުން ފައިސާ ދޫކުރާނަމަ އެއީ ފައިސާ ޗާޕްކުރުން ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ މިދައުރުގަ މިހާތަނަށް ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ ސަރުކާރުން ޗާޕްކުރިތަން ފެނިގެން ހިނގައްޖެ ކަމަށާއި، ސަރުކާރުން މިހާތަނަށް 2 ގޮތަކަށް ފައިސާޗާޕްކޮށްފައިވާކަމަށެވެ.
އެގޮތުން މި ސަރުކާރުން ފުރަތަމަ ފައިސާ ޗާޕްކުރީ ބޭންކު ތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ފައިސާގެ އަދަދު 3.7 ބިލިއަން ރުފިޔާއަށް އިތުރުކޮށްގެން ކަމަށާއި، އެ ފައިސާ ބޭންކުތަކުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން ޓްރެޒަރީ ސެކުއުރިޓީސް ތަކުގަ އިންވެސްޓްކޮސްފައިވެސް އެބަހުރި ކަމަށް އަމީރު ވިދާޅުވި އެވެ.
އެހެންކަމުން އެއީ ސީދާ ފައިސާ ޗާޕްކުރުން ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 2 ވަނަ ގޮތަކަށް ސަރުކާރުން ފައިސާ ޗާޕްކުރުމަށް ބޭނުންކުރި ޕޭންޝަން އޮފީސް ކަމަށާއި އެގޮތުން ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން 2.4 ބިލިއަން ރުފިޔާއާއި ގާތަށް ފައިސާ ޗާޕްކޮށްފައިވާ ކަމަށެވެ.
އަދި ސަރުކާރުން އެކަން ކޮސްފައިވަނީ ޕެންޝަން އޮފީހުގެ އެންމެ އާދައި މުވައްޒަފުން ފެށިގެން ސީއީއޯ އާއި ހިސާބުންވެސް އެކަމާ ދެކޮޅު ހަދައި އެންމެ ފަހުން ސަރުކާރުން އެފަރާތްތަކުގެ ބަސްނޭހުމުން މަގާމުން އިސްތިއުފާވެސް ދެއްވާފައިވަނިކޮށްކަންވެސް އަމީރު ވަނީ ފާހަގަކޮށްފައެވެ.
އަދި އެކަން އެހެންކުރުމާ އެމްއެމްއޭގެ ސީނިއާ މެނޭޖުމަންޓުންވެސް އިހުތިޖާޖްކޮސް ބައެއް ފަރާތްތަކުން މަގާމުން އިސްތިއުފާދެއްވާފައިވާކަންވެސް އަމީރުވަނީ ފާހަގަކޮށްފައެވެ.
އަމީރުވިދާޅުވީ އެގޮތަށް ސަރުކާރުން ފައިސާ ޗާޕްކުރީ ބޭރުން ހޯދޭނެކަމަށް ބަޖެޓްގައި ހިމަނާފައިވާ އެއްވެސްވަރަކަށް ސަރުކާރަށް ނުހޯދިގެން ނުވަތަ އެގޮތަށް ބޭރުން ފައިސާ ހޯދުމުގެ ގާބިލްކަން ސަރުކާރުގައި ނެތުމުންކަމަށްވެސް އަމީރު ވިދާޅުވިއެވެ.







