މާލެ: 31°C
ބިހުގެ ދަތިކަމެއް ނެތް: އެސްޓީއޯ

ބިހުގެ ދަތިކަމެއް ނެތް: އެސްޓީއޯ

27 އޯގަސްޓު 2026
62 ފަހަރު ބަލާފައި

ރާއްޖޭން ކުކުޅު ބިސް ހުސްވެފައިވާކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ވާހަކަތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދޮގުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ކުކުޅު ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ބިސް މިހާރުވެސް ވިއްކަމުން ދަނީ އާންމު ހާލަތުގައި ވިއްކަމުންދާގޮތަށް އެއްވެސް ކޮންޓްރޯލް ކުރުމެއް ނެތި ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެކުންފުނީގެ ބިހުގެ އިތުރު ޝިޕްމަންޓްތައް މިއާހރުވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށާއި، އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބިސްލިބުމުގައި ދަތިކަމެއް ކުރިމަތިވެދާނެކަމަށް ނުބެލެވޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ