ހިޔުމަންރައިޓްސް ދާއިރާގަ ރާއްޖޭގަހުރި އެންމެ ތައުލީމީ, ތަޖުރިބާކާރުގެ ބަދަލުގަ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއަރުސީއެމް) ގެ މެންބަރުކަމަށް މިއުޒިކް ކޮމްޕޯޒަރ ޝަމްއޫން ހަމީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޝަމްއޫން ހަމީދު ހިޔުމަންރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރުސީއެމްއަށް އައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ޝަމްއޫން ހަމީދުގެ އިތުރުން، އެޗްއާރުސީއެމް މިހާރުވެސް މެންބަރުންގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ ސަމާއު އަހުމަދު ނަޖީބުގެ ނަމެވެ.
ސަމާއު އަކީ އޮސްޓްރޭލޮިއާގެ މެލްބަން ޔުނިވާސީޓީން މާސްޓާރ އޮފް ހިޔުމަންރައިޓްސް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ސަމާ ވަނީ އދ ގެ ހިޔުމަން ރައިޓްސް ޔޫއެންސީއޭސީ އެކްޕާޓް ކޮމެޓީގެ މެންބަރުކަމާއި އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަޤާމުގެ އިތުރުން ސްޓޭޓް އެޓާނީގެ މަޤާމާއި ސްޓޭޓް ކައުންސެލްގެ މަޤާމާއި އިންޑިއާ އެމްބަސީގެ އެތާޗޭގެ މަގާވެސް އަދާކުރާއްވާފައެވެ.
އަދި ސަމާއު މިހާރު ހުންނެވީ ހިޔުމަންރައިޓްސް ކޮމިޘަނުގެ މެންބަރުކަމުގެ މަޤާމުގައެވެ.
ޝަމްއޫން ހަމީދު މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މިޔުޒިކް ކޮމްޕޯސް ކުރުމުގެ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓަރ އޮފް މިޔުޒިކް ކޮމްޕޯސް ހައްދަވައި ނެޘަނަލް ސެންޓަރފޯދި އާޓްސް ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމާއި ހިޔުމަން ރައިޓްސް ކޮމިޘަނުގެ އެސްޖީގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުގައި އޭނާ ވަނީ ހެރިޓޭޖު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.







