މާލެ: 31°C
އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލުކޮށްފި

އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލުކޮށްފި

21 އޯގަސްޓު 2026
1816 ފަހަރު ބަލާފައި

އެކްސްޕްރެސް މަނީ އެކްސްޗޭންޖު ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވާ ބޭރުފައިސާ މާރުކުރުމުގެ ލައިސަންސް ބާތިލުކޮށްފި އެވެ.

އެކަން ހާމަކޮށް އެމްއެމްއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން އެ ކުންފުނިން ޤަވާއިދާ ޚިލާފުވެފައިވާކަން ފާހަގަކުރެވުމާ ގުޅިގެން، އެ ކުންފުންޏަށް ދޫކޮށްފައިވާ ބޭރު ފައިޗާ މާރުކުރުމުގެ ލައިސަންސް މިދިޔަ ބުރާސްފަތި ދުވަހު (20 އޯގަސްޓް 2026) ގައި ބާތިލްކޮށްފައިވާ ކަމަށެެވެ.

އަދި އެ ބަޔާނުގައި އެމްއެމްއޭ އިން ބުނެފައިވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގާ ހިންގުމުގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.

އެމްއެމްއޭގެ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ޤަވާއިދު ބަޔާންކުރާ ގޮތުގައި، މިފަދަ ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ސުޕަވައިޒް ކުރުމުގެ ފުރިހަމަ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އަންގާ ވަގުތެއްގައި އެދޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މީގެއިތުރުން، ވިޔަފާރިތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށްޓަކައި އެމްއެމްއޭގެ އޮފިސަރުން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އޮންސައިޓް އެގްޒެމިނޭޝަންތައް ހިންގުމުގެ އިޚްތިޔާރު ވެސް އޮވެއެވެ.

މިފަދަ އެގްޒެމިނޭޝަންތަކުގައި، ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި، ވިޔަފާރީގެ ހުރިހާ ރެކޯޑުތަކެއް އަޅާކިޔައި ޗެކްކުރެއެވެ. މި ބެލުމުގެ ތެރެއިން މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ ނުވަތަ ޤަވާއިދާ ޚިލާފު ކަމެއް ފެނިއްޖެނަމަ، 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި ވިޔަފާރި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ