މާލެ: 31°C
ޑޮލަރު ލިބޭ ބޮޑު އަގުގެ ވާހަކަ ދެއްކުން ގާނޫނީ ކުށަކަށް ހަދަން ޑރ ޝަމްހީދު ވޯޓް ދެއްވިކަން ހާމަވެއްޖެ

ޑޮލަރު ލިބޭ ބޮޑު އަގުގެ ވާހަކަ ދެއްކުން ގާނޫނީ ކުށަކަށް ހަދަން ޑރ ޝަމްހީދު ވޯޓް ދެއްވިކަން ހާމަވެއްޖެ

August 20, 2026
324 ފަހަރު ބަލާފައި

ޑޮލަރު ލިބޭ ބޮޑު އަގުގެ ވާހަކަ ދެއްކުން ގާނޫނީ ކުށަކަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހްމަދު ޝަމްހީދު ވެސް ވޯޓް ދެއްވިކަން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާކަމަށް އަޑުތައް ފެތުރިފައިވާ ޑރ އަހްމަދު ޝަމްހީދު ޢާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާވެސް އެ ބިލަށް ގެނެވުނު އިތުރު އިސްލާހުތަކަށް ވޯޓު ދެއްވާފައިވާ ކަން ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވާ، މާލިއްޔަތު ކޮމެޓީގެ 19 އޯގަސްޓް 2023 ގެ ބައްދަލުވުމުގެ މައުލޫމާތުން ވަނީ ހާމަ ވެދައެވެ.

އިންފޯގްރަފިކްސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގު ޝައިރުކުރާ ފަރާތްތަށް ބޮޑިއަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ އެ ބިލުގައި ހިމެނުމަށް 19 އޯގަސްޓް 2026 ގައި މާލިއްޔތު ކޮމެޓީން ފާސްކުރި އިތުރު އިސްލާހު ތަކުގެ ތެރޭގައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްއްސައްތާރު މުހައްމަދު މާލިއްޔަތު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު މާލިއްޔަތު ކޮމެޓީން ފާސްކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އިއްޔެގެ ޖަލްސާގައި ބިލު އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ.

،ބޭރު ފައިސާއާ ބެހޭ ބިލަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރުގެ ބަދަލުގައި އެ ރިސޯޓެއްގެ އާމްދަނީގެ 20 އިންސައްތަ ބޭރުފައިސާ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ހުށަހަޅާދފައިވާ އިސްލާހެކެވެ.

އެގޮތުން މާލިއްޔަތު ކޮމެޓީން މިއަދު ގެނައި އައު އިސްލާހުތަކަކީ:

1- ބޭރު ފައިސާ ގަނެ ވިއްކުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓުން ބޭރުން ނުވަތަ އެއަށް ވުރެ ބޮޑުކޮށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުން ނުވަތަ ވިއްކަން އުޅުމަކީ ކުށެއް ކަމުގައި ކަނޑައެޅުން:

2- އެފަދަ ކުށެއް ކޮށްފިނަމަ ކުށުގެ އަދަބެއްގެ ގޮތުގައި ކުށުގެ ކުޑަ ބޮޑުމިނަށް ބަލާ، 25،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.

3- ބޭރު ފައިސާ ގަނެވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުން.

މީގެ އިތުރުން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ގޮތުގައި މާނަކޮށްފައިވަނީ އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ހިންގާ މުއާމަލާތުގެ ރެޓްތައް އިޝްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް އެ ފަދަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

4- އެފަދައިން އެ މައުލޫމާތު ފަތުރާ ފަރާތްތަކުން ކުރާ ކުށެއްގެ އަދަބެއްގެ ގޮތުގައި 25،000 ރުފިޔާ އާއި 500،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހިމަނައިފަ އެވެ.

4- އަދި އެފަދަ ކުށެއްކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ އިސްލާހުތަކުގައި ހިމަނާފައި ވެއެވެ.

ރާއްޖޭގައި ބޭރު ފައިސާގެ ގޮތުގައި އާންމުކޮށް ގަނެ ވިއްކަނީ އެމެރިކާ ޑޮލަރެވެ. ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. ނަމަވެސް ކަޅުބާޒާރުގައި މިހާރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22ރ. އިން މަތީގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ