ހަބަރު

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވެއްޖެ
ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވާތީ އެމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފިތުރު ޒަކާތް: މެދު ދިހައިގައި 4.7 މިލިއަން ރުފިޔާ
ރޯދަ މަހުގެ މެދު ދިހައިގައި ޒަކާތުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ލިބި ރެކޯޑެއް ހަދައިފި އެވެ.

އިތުރު ކޮލެޖްތަކުން އިންޓާންޝިޕް ހެދުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިތުރު ފަސް މެޑިކަލް ކޮލެޖަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދުމުގެ ފުރުސަތު އެ ގައުމުން ދީފި އެވެ.

އައްޑޫ ކަރަންޓުގެ މައްސަލަ: އިތުރު ޖަނަރޭޓަރެއް ގެންގޮސްފި
އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖެނެރޭޓަރެއް ފޮނުވައިފި އެވެ.

ތެލެސީމިއާ މުޒާހަރާއާ ގުޅިގެން ދެމީހަކު ވަޒީފާއިން ވަކިކޮށްފި
ޝަކުވާތައް ބޮޑުވުމުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ތެލެސީމިއާ ސެންޓަރުގެ އިސް ދެ ވެރިޔަކު މަގާމުތަކުން ވަކިކޮށް އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

ތެލަސީމިއާ ސެންޓަރަށް ފުލުހުން ލޭހަދިޔާކުރުމުގެ ޕްރޮގްރާމެއް
ފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ސަލާމަތީ ހިދުމަތްތަކާ ކުންފުނިތައް ގުޅިގެން އީދު ފާހަގަކުރަނީ
މިނިސްޓްރީ އޮފް ޑިފެންސާއި ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލޭގައި ކުގަދަކޮށް އިޑު ފާހަގަކުރަން ނިންމައިފިއެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް: އައިޖީއެމްއެޗް
އއ ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ އުންމީދަކީ ރައްކާތެރިކަން ކަށަވަރުކުރުން
އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މޯލްޑިވްސް އިމިގްރޭޝަނުގެ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަ އޮޕް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ކަރަންޓް ކަނޑާ ވަގުތު އިތުރުކޮށްފި
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ޕަވާ ސްޓޭޝަންގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ކަރަންޓު ކަނޑާ ވަގުތު މިއަދު އިތުރުކޮށްފި އެވެ.

ބިންވެރިޔާ ސްކީމް ގޯތީގެ މައްސަލާގައި ފުލުހުން ހިފެހެއްޓި ޕާސްޕޯޓްތައް ދޫކޮށްލައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި ޕާސްޕޯޓުތައް ފުލުހުން ދޫކޮށްލައިފި އެވެ.

ފިޔާޒު މައްސަލާގައި ޕީޖީ ނިންމެވީ ރައީސްގެ މައްޗަށް ދައުވާކުރެވެން ނެތް ކަމަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ބިރު ދެއްކެވި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ރައީސް މުުއިއްޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
