މާލެ: 31°C

ޒީނަތު އަމަން ބުނީ ރޫޕާގެ ރޯލު އަލުން ކުޅެން އެންމެ ކަމުދަނީ ދިޕިކާ ކަމަށް

January 16, 2024
3 ފަހަރު ބަލާފައި
ޒީނަތު އަމަން ބުނީ ރޫޕާގެ ރޯލު އަލުން ކުޅެން އެންމެ ކަމުދަނީ ދިޕިކާ ކަމަށް
ޒީނަތު އަމަން ބުނީ ރޫޕާގެ ރޯލު އަލުން ކުޅެން އެންމެ ކަމުދަނީ ދިޕިކާ ކަމަށް
ކުރީގެ މަޝްހޫރު ހިންދީ ފިލްމު ބަތަލާ ޒީނަތު އަމަން މިހަރުގެ ތަރި ދިޕިކާ ޕަޑުކޮންގެ މަސައްކަތްތަކަށް ތައުރީފުކޮށްފިއެވެ. ޑިޒްނީ ހޮޓްސްޓާގެ 'ކޮފީ ވިތު ކަރަން 8' ގެ އެންމެ ފަހުގެ އެޕިސޯޑުގައި، ރީތީގެ ރާނީ ޒީނަތު ވަނީ ނީތޫ ކަޕޫރާއެކު ބައިވެރިވެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. [caption id="attachment_95838" align="aligncenter" width="640"] ޒީނަތު އާއި ނީތޫ ކަރަން އާއި އެކު[/caption] ރެޕިޑް ފަޔާ ސެގްމަންޓުގައި ކަރަން ޒީނަތުއާ ކުރި ސުވާލުތަކުގެ ތެރޭގައި ސަތިޔަމް ޝިވަމް ސުންދަރަމް (1978) ގެ ސީކުއެލްގައި ރޫޕާގެ ރޯލު ކުޅެން އެކަށީގެންވާ ބަތަލާއެއް ހޮވުމާ ބެހޭ ގޮތުން ސުވާލުކުރިއެވެ. ޖަވާބުގައި ޒީނަތު ބުނީ ދިޕިކާ ކަމަށެވެ. ސަތިޔަމް ޝިވަމް ސުންދަރަމްގެ ރޫޕާ އަކީ ޒީނަތު އަމާންގެ އެންމެ ކާމިޔާބު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ރޯލެވެ. 1978 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމު ހިޓް ފިލްމަކަށްވި ނަމަވެސް އޭގައިވާ ނިވާކަންކުޑަ މަންޒަރުތަކުގެ ސަބަބުން ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ނަމަވެސް އެ ފިލްމާއި ޒީނަތު އަމާންގެ ފެނިލުން ގިނަބަޔަކަށް ކަމުގޮސް ބޮޑު މަޝަހޫރުމެއް ހޯދާފައިވެއެވެ. ކޮފީވިތް ކަރަންގައި ޒީނަތު އަވަނީ ނީތޫ ކަޕޫރުގެ މަރުވެފައިވާ ފިރިމީހާ ރިޝީ ކަޕޫރާ އެކު މުޅި ކެރިއަރުގައި އެންމެ ފަހަރަކު ސްކްރީން ސްޕޭސް ހިއްސާކުރި ގޮތުގެ ވާހަކަ ވެސް ދައްކާފައެވެ. 1977 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހަމް ކިސީސޭ ކަމް ނަހީން" އިން ސްކްރީނުން ފެނިގެންދިޔަ ހަނދާން އާކޮށް ޒީނަތު ވަނީ އެ ފިލްމުގެ މަޒަރެއްގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތައް ސަމާސާ ގޮތަކަށް ކިޔައިދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ