މާލެ: 31°C

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

February 8, 2025
1177 ފަހަރު ބަލާފައި
ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި
ބޮލީވްޑް ގެ މަޝްހޫރު އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި އެވެ.

ބޮލީވްޑް ގެ މަޝްހޫރު އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި އެވެ.

އިންޑިއާގެ ލޫދިއާނާގެ ކޯޓަކުން ބަލަމުން އަންނަ މަކަރާއި ހީލަތުގެ މައްސަަލައެެއްގައި އިއްޔެ ނެރެފައިވާ އަމުރުގައިވަނީ އެތައް ފަހަރަކު ސޯނޫ ސޫދު ކޯޓަށް ހާޒިރުވުމަށް އަންގާފައިވީނަމަވެސް އެކަމަށް އޭނާ އިޖާބަ ދީފައިނުވާތީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސޯނޫ ކޯޓަށް ހާޒިރު ކުރަން އަންގަނީ މޯހިތު ޝުކްލާ ކިޔާ މީހަކު ހިންގި ފޭކް "ރިޖިކާ" ފައިސާފޮތީގެ މުއާމަލާތަކާ ގުޅިގެން، ލޫދިއާނާ ވަކީލެއް ކަމަށްވާ ރާޖޭޝް ކަންނާ އަށް 10 ލައްކަ ރުޕީސް ގެއްލުންވެފައިވާ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އެ މުއާމަލާތަކީ ސޯނޫ ވެސް ހިއްސާވާ މުއާމަލާތެއް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ބުނެފައިަނީ އޭނަ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އެއްވެސް ގުޅުމެއް އޮތް މައްސަލައެއްގައި ނޫން ކަމަށާއި، އަދި ގާނޫނީ ޓީމުން އެކަން ކުރިންވެސް ކޯޓަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ