މާލެ: 31°C

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

February 4, 2025
880 ފަހަރު ބަލާފައި
އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި
އަމީތާބުގެ ކާފަދަރި އާރަދްޔާ ބަޗަންގެ ފޭކް ވީޑިއޯ އާއި ގޯސް މައުލޫމާތު ގޫގްލް އާއި އިންޓަނެޓްގެ އެހެން ވެބްސައިޓްތަކުން ނަގާދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް ހުށަހެޅި މައްސަލާގައި ހައިކޯޓުގެ އަމުރު އެ ފަރާތްތަކުން ތަންފީޒުކޮށްފައިނުވާތީ އަނެއްކާވެސް އެ މައްސަލަ އިންޑިއާގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އަމީތާބުގެ ދަރިފުޅު އަބީޝެކް ބަޗަން އާއި އައިޝްވާރްޔާ ރާއީގެ ދޮށީ ދަރިކަނބަލުން އާރަދްޔާ ބަޗަންގެ ފޭކް ވީޑިޢޯއާއި ފޯޓޯއާއި އަދި ގޯސް މައުލޫމާތު ވެބްސައިޓްތަކުގައި ފަތުރަމުންދާތީ އެ ތަކެތި ވެބްސައިޓްތަކުން ނަގާދިނުމަށް އަމުރުކޮށްދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް ކުރިން ހުށަހެޅި މައްސަލާގައި އިންޑިއާގެ ހައިކޯޓުން ވަނީ ގޫގްލް އާއި، ބޮލީވްޑް ޓައިމްސް އާއި އެހެނިހެން ބައެއް ވެބްސައިޓު ތަކުން އެ ފޮޓޯތަކާއި ވީޑިއޯ ތަކާއި ފޭކް މައުލޫމާތު ނެގުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 13 އަހަރުގެ އާރަދްޔާ ބަޗަންގެ ފަރާތުން ހުށަހެޅި މައްސަލއާއި ގުޅިގެން ހައިކޯޓުން ގޫގްލް އާއި ޔޫޓިއުބް އަދި ބައެއް ވެބްސައިޓް ތަކުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު ކޮންމެ މީހަކަށް ވެސް އަދި ސެލެބްރިޓީއަކަށް ވިޔަސް ކަރާމާތުގެ ހައްގު ލިބިގެންވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އާރަދްޔާ ގެ ފަރާތުން އަނެއްކާވެސް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިންޑިއާގެ ހައިކޯޓުން މި މަހުގެ 17 އަށް އެ މައްސަލަ ވަނީ ތާވަލް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ