ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި
ލިޔުން:
ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޑްކޮށްފިއެވެ.
މުމްބާއީގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ގެ ގެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު (ޖެނުއަރީ 16) ދަންވަރު 2:30 އެހާކަންހާއިރު ބަންދްރާ (ހުޅަނގު) ގައި ހުންނަ އޭނާގެ ގޭގައި ނިދާފައި އޮއްވަ އެވެ. މުމްބާއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޑިކްސިޓް ގެޑަމް ބުނެފައިވަނީ ސައިފް އަލީ ޚާންގެ ގެއަށް ބަޔަކު ވަދެފައިވަނީ ވައްކަންކުރަން ކަމަށް ވބެލެވޭ ކަމަށާއި، ސައިފް އަށް އެމީހުން ހަމަލާ ދިނީ އެމީހުންނާ ސައިފް ކުރިމަތިލުމުން ކަމަށެވެ. އަދި އެ ކުރިމަތިލުމުގައި ލިބުނު އަނިޔާ ތަކަށް ސައިފް އަށް މިހާރު ހޮސްޕިޓަލް ގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ލީލާވަތީ ހޮސްޕިޓަލްގެ ސީއޯއޯ ޑރ ނީރާޖް އުއްތަމަނީ ވިދާޅުވީ ސައިފް އަލީ ޚާންގެ ބަންދްރާ ގޭގައި މީހަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައީ ފަތިހު 3:30 ހާއިރު ކަމަށެވެ. އުއްތަމަނީ ބުނި ގޮތުގައި ސައިފްގެ އަތުގައިވަޅިން ހަމަލާ ދީފައިވާ 6 ތަން ފުންކޮށް ހުރިކަމަށެވެ. އޭގެ ތެރެއިން ކަށިގަނޑާ ވަރަށް ކައިރީގައިވެސް 1 ތަން ހުރި ކަމަށެވެ. އޭނާގެ އޮޕަރޭޝަން ކުރަނީ ނިއުރޯސާޖަން ޑރ ނިތިން ޑަންގޭ އާއި ކޮސްމެޓިކް ސާޖަން ޑރ ލީނާ ޖެއިން އަދި އެނެސްތެސިއޮލޮޖިސްޓް ޑރ ނިޝާ ގާންދީ އިސްވެ ހުންނަވައިގެން ޑޮކްޓަރުންގެ ޓީމަކުން ކަމަށްވެސް އުއްތަމަނީ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި

ހަފީޒާ 1ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
