ޒައިރާ ބުނީ ނިގާބް އަޅަނީ އެއްވެސް މީހަކަށްޓަކާ ނޫން ކަމަށް

ޒައިރާ ބުނީ ނިގާބް އަޅަނީ އެއްވެސް މީހަކަށްޓަކާ ނޫން ކަމަށް
ލިޔުން:
އާމިރު ހާން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ދަންގަލް" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ކުރީގެ ބަތަލާ ޒައިރާ ވަސީމް އެކްޓިން ކެރިއަރު ދޫކޮށްލީ 2019 ވަނަ އަހަރުއެވެ.
ނިގާބް (މޫނު ބުރުގާ) އެޅުމަށްފަހު ބޮލީވުޑް އިންޑަސްޓްރީ ދޫކޮށްލަން މެދުވެރިވީ ދީނީ ކަންކަމަށް ހުރަސްއެޅޭތީ ކަމަށް އޭނާ ބުނެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުން އެކްޓިން ދާއިރާއިން ވަކިވި ނަމަވެސް އޭނާ ޓްވިޓާގައި ތަފާތު ކްއޮޓްސްތަކާއި ޅެންތައް ޝެއާރކޮށް ހަދައެވެ.
އެގޮތުން، ދާދި ފަހުން ޓްވިޓާގައި ވައިރަލް ވެގެންދިޔަ ނިގާބު އަޅައިގެން ކާން އިން އަންހެނެއްގެ ފޮޓޯއަކަށް ޒައިރާ ވަނީ ރިއެކްޓްކޮށް، އެއާމެދު އޭނާ ދެކޭގޮތް ހިއްސާކޮށްފައެވެ.
ބައެއް މީހުން އެ ޕޮޓޯއަށް ފާޑުކިޔާ މަލާމާތުގެ ބަސް އެއްލަމުން ދަނިކޮށް، މިދިޔަ އާދިއްތަ ދުވަހު ޒައިރާ ވަނީ އޭގެ ރައްދުގައި ޓްވީޓެއް ކޮށްފައެވެ. އޭނާ ބުނީ ދާދި ފަހުން އޭނާ ކައިވެނި ޕާޓީއެއްގައި ބައިވެރިވި ކަމަށާއި، އެދުވަހު އޭނާ ވެސް ކާން ޖެހުނީ ހަމަ އެފަދަ ހާލެއްގައި ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ވެސް ބިނާވެފައި އޮންނަނީ އެމީހެއްގެ އިހްތިޔާރުގެ މައްޗަށް ކަމަށެވެ. އިތުރަށް އޭނާ ބުނީ އެދުވަހު އެންމެން ނިގާބު ނަގަން ބުނުމުން ވެސް އޭނާ އެކަމަށް އިންކާރު ކުރިކަމަށެވެ.
[embed]https://twitter.com/ZairaWasimmm/status/1662831071858421762?s=20[/embed]
"އަހަރެމެން ނިގާބް އަޅަނީ މީހަކަށްޓަކައެއް ނޫން." ޒައިރާ ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
ޒައިރާ ވަސީމް ބޮލީވުޑަށް ތައާރަފްވީ 2016 ވަނަ އަހަރު ދަންގަލް އިންނެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެއަށްފަހު 2017 ވަނަ އަހަރު އާމިރު ހާން ޕްރޮޑަކްޝަންސްގެ ސީކްރެޓް ސުޕަސްޓާގެ ލީޑް ރޯލުން އޭނާ ވަނީ ފެނިގެންގޮސްފައެވެ. ހަމައެއާއެކު، އެކްޓިން ދާއިރާއިން ވަކިވުމުގެ ކުރިން ޒައިރާ އެންމެ ފަހުން ފެނިފައިވަނީ ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
