"ޔެ ޖަވާނީ ހެ ދިވާނީ" ގެ ސީކުއަލްއެއް ރަންބީރު ބޭނުން

"ޔެ ޖަވާނީ ހެ ދިވާނީ" ގެ ސީކުއަލްއެއް ރަންބީރު ބޭނުން
ލިޔުން:
2013 ވަނަ އަހަރު ބެލުންތެރިންގެ މަގްބޫލްކަން ހޯދި ފިލްމެއް ކަމަށްވާ "ޔެ ޖަވާނީ ހެ ދިވާނީ" ގެ ސީކުއަލްއެއް ކުޅެން ބޭނުންވާ ކަަމަށް އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން، އެ ކާމިޔާބު ފިލްމުގައި ރަންބީރާއި އެކު ބަތަލާގެ ރޯލު އަދާކުރީ ދިޕިކާ ޕަދުކޯންއެވެ. އޭގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮޗްލިން ވެސް އެ ފިލްމުގައި މުހިއްމު ރޯލްތަކެއް އަދާކުރިއެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކޮށް، ކަރަން ޖޯހަރު ދަރުމާ ޕްރޮޑަކްޝަނުން ރިލީޒްކުރި މި ފިލްމް އާއިމެދު ވާހަކަދައްކަމުން ދާދި ފަހުން ފޭނުންނާ އެކު ވާޗުއަލް ޗެޓެއްގައި ރަންބީރު ވަނީ އެ ހިޓް ފިލްމުގެ ސީކުއެލް އެއް ކުޅެން ލިބޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ.
""ޔެ ޖަވާނީ ހެ ދިވާނީ" ގެ ސީކުއަލްއެއް އުފައްދައިފިނަމަ ރީތި ފިލްމަކަށް ވެގެންދާނެ. އަޔާން ވަނީ ސީކުއަލްއަށް ވަަރަށް ހިތްގައިމު ވާހަކައެއް ހަދާފަ. އެކަމަކު ފަހުން އޭނަ ބުރައްމަސްތުރާ ޓްރިލޮޖީގައި ބިޒީވާން ޖެހުމުން ޔޭ ޖަވާނީގެ ސީކްއެލް ތަންކޮޅެއް ފަހަތަށް ޖައްސާލީ" ރަންބީރު ބުންޏެވެ.
އިތުރަށް އެކްޓަރު ބުނީ ސީކުއަލްގައި ގެނެސްދޭނެކަމަށް ލަފާކުރެވެނީ އޭރު ފިލްމުން ފެނުނު ކެރެކްޓާސް ބަނީ (ރަންބީރު)، ނައިނާ (ދީޕިކާ)، އަވީ (އަދިއްޔާ)، އަދި އަދީތީ (ކަލްކީ) ގެ ހަޔާތުގެ ދިހަ އަހަރު ފަސްކަމަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ރަންބީރު ވަނީ 2018 ވަނަ އަހަރު ބޮލީވުޑް ހަންގާމާ އަށް ދިން އެއް އިންޓަވިއުއެއްގައި ވެސް ސީކުއެލްއާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ފިލްމު "ބްރައްމަސްތުރާ" ނިންމުމަށް ހަތް އަހަރު ނެގިއިރު "ޔެ ޖަވާނީ ހެ ދިވަނީ" ގެ ސީކުއަލް އުފެއްދުމުގެ ހިޔާލު، ފިލްމުގެ މަސައްކަތް ކުރިޔަށްދިޔަ ދުވަސްވަރު އޭނާ ކުރި ކަމަށެވެ. އަދި ރަންްބީރު ވަނީ އަހަރުތަކަކަށްފަހު ""ޔެ ޖަވާނީ ހެ ދިވާނީ" ގެ ސީކުއަލްއެއް ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބުނެފައެވެ.
ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު އެންމެ ފަހުން ފެނިފައިވަނީ ޝްރައްދާ ކަޕޫރާއެކު "ޓޫ ޖޫޓީ މޭ މައްކާރު" އިންނެވެ. ލަފާކުރެވޭ ގޮތުގައި ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ރަޝްމީކާ މަންދާނާ، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ކޯ ލީޑް ރޯލުން ފެނިގެންދާ "އެނިމަލް" އިންނެވެ. އަދި އޭނާ "ބްރަހަމަސްޓްރާ" އިން ފެނިގެން ގޮސްފައިވަނީ އޭނާގެ އަންހެނުން އާލިއާ ބަޓް އާއި އެކުގައެވެ. އެއީ އެދެމީހުންގެ ކައިވެންޏަށްފަހު ދެމީހުން އެއްކޮށް ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
