މާލެ: 31°C

ޔަމީ ގޯތަމް އަށް ދަރިއަކު ލިބެނީ

February 10, 2024
3 ފަހަރު ބަލާފައި
ޔަމީ ގޯތަމް އަށް ދަރިއަކު ލިބެނީ
ޔަމީ ގޯތަމް އަށް ދަރިއަކު ލިބެނީ
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޔަމީ ގޯތަމް އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ. ޔަމީ އޭނާގެ ފިރިމީހާ ޑައިރެކްޓަރ އަދިތިޔާ ދާރް އާއެކު އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކުރީ މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާ ފިލްމު "އާޓިކަލް 370" ގެ ޓްރެއިލާ ލޯންޗްކުރުމުގެ ހަފްލާގައެވެ. ބަތަލާގެ ބަނޑަށް މިހާރު ފަސް މަސްވެފައިވާއިރު، އޭނާ ބުނީ ބަލިވެ އިންކަން އެނގުނީ "އާޓިކަލް 370" ގެ ޝޫޓިންގެ ތެރެއިން ކަމަށާއި ބަނޑުބޮޑުއިރު ފިލްމު ޝޫޓްކުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް އެތައް ބައެއްގެ މަސައްކަތުން ކާމިޔާބާ ހަމައަށް ވާސިލްވި ކަމަށް އޭނާ ބުންޏެވެ. ޔަމީ ބުނީ ފިލްމު ޝޫޓްކުރަން ފެށިއިރު މާގިނަ ކާސްޓުންނަށްވެސް އޭނާ ބަނޑުބޮޑުކަން ނޭނގޭ ކަމަށާއި އޭނާ ބަނޑުބޮޑުކަން އޭރު ގިނަ މީހުންނަށް އަންގަން ބޭނުންނުވީ ކަމަށެވެ. އަދި ޝޫޓިން ތެރެއިން ސިއްރިއްޔާތުގައި ޑޮކްޓަރުން އޭނާ އަށް ވަރަށް ގާތުން ބަލަމުން ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. "ފިލްމުގެ ޓްރެއިނިންތަކާއި ފިލްމުގައި ޝޫޓްކުރަންޖެހުނު ސްޓަންޓުތައް ވެސް ހަދާފައި ހުންނާނީ ބަނޑުބޮޑު އިރު" ޔަމީ ބުންޏެވެ. ޔާމީ އާއި އަދިތިޔާ ކައިވެނިކުރީ 2021 ވަނަ އަހަރު ޖޫން މަހުގައެވެ. ދެމަފިރިން އެންމެ ފުރަތަމަ ދިމާވީ 2019 ވަނަ އަހަރު ޝޫޓްކުރި ފިލްމު "އުރީ: ދަ ސާކިލަލް ސްޓްރައިކް" ގެ ޝޫޓިން ތެރެއިންނެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާ އެވެ. ހިންދީ ފިލްމްތަކުގެ އިތުރަށް އިންޑިއާގެ އެހެން ބަސްބަހުން ވެސް ނެރޭ ފިލްމްތަކުގައި މަސައްކަތް ކުރާ ޔަމީ، ބޮލީވުޑަށް ތައާރަފުވީ 2012 ގައި އަޔުޝްމަން ކްރާނާއާ އެކު ލީޑް ރޯލް ކުޅުނު "ވިކީ ޑޯނާ" އިންނެނެވެ. ޔަމީ ގޯތަމްގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި 2016 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ސަނަމް ރޭ"، 2017 ވަނަ އަހަރު ރިތިކް ރޯޝަން އާއެކު ފެނިގެން ދިޔަ ފިލްމް "ކާބިލް"، "ބާލާ" އަދި "ވިކީ ޑޯނަރ" ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ