ރޮނާލްޑޯގެ ބަދަލުގައި ކުޅެންއެރި ރާމޯސްގެ ހެޓްރިކުން ޕޯޗުގަލް ކުއާޓަރ ފައިނަލަށް

ރޮނާލްޑޯގެ ބަދަލުގައި ކުޅެންއެރި ރާމޯސްގެ ހެޓްރިކުން ޕޯޗުގަލް ކުއާޓަރ ފައިނަލަށް
ލިޔުން:
ރޮނާލްޑޯގެ ބަދަލުގައި އެރުވި ގޮންޗާލޯ ރާމޯސްގެ ހެޓްރިކާއެކު ސްވިޓްޒަލޭންޑް ބަލިކޮށް ޕޯޗުގަލް ވޯލްޑް ކަޕްގެ ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
ދެވަނަ ބުރުގައި ސްވިޓްޒަރ ލޭންޑާއި ބައްދަލުކުރި މެޗަކީ 17 މެޗަށް ފަހު ފީފާ ވޯލްޑް ކަޕެއްގެ މެޗެއް ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމަނައި ޕޯޗުގަލްއިަން ކުޅުނު ފުރަތަމަ މެޗެވެ.
މިމެޗު ޕޯޗުގަލް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ. ޕޯޗުގަލްގެ ދެވަނަ ލަނޑު މިމެޗުގައި ޖެހައިދިން ޑިފެންޑަރު ޕެޕޭ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ނޮކް އައުޓް މެޗެއްގައި ގޯލް ޖެހި އެންމެ ދޮށީ ކުޅުންތެރިއާ އަށެވެ. ނޮކް އައުޓް މެޗެއް ފެށި އެންމެ ދޮށީ ކުޅުންތެރިއާގެ ރެކޯޑްވެސް ހެދި ޕެޕޭގެ އުމުރަކީ 39 އަހަރެވެ.
ރާމޯސް ތިން ލަނޑު ޖެހިއިރު ޕޯޗުގަލްގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޑިފެންޑަރު ރަފައެއް ގަރޭރޯ އާއި ޒުވާން ފޯވާޑް ރަފައެލް ލެއާއޯއެވެ. ސްވިޓްޒަރލޭންޑްގެ ހަމަ އެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު މެނުއަލް އަކަންޖީއެވެ.
ފުރަތަމަ އެގާރައިގައި ނުހިމެނުނު ނަމަވެސް ރޮނާލްޑޯ ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅެންއަރާފައެވެ. ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ޖާގަ ނުދިނީ އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލުކުރުމުން ކޯޗާ ދިމާލަށް އެއްޗެހިކިޔާ ހިތްހަމަ ނުޖެހުން ފާޅުކުރުމުންނެވެ.
އެހެންނަމަވެސް އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް ކޯޗު ސަންޓޯސް ވަނީ ބުނެފައެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގައި ރޮނާލްޑޯ އާއި ޕޯޗުގަލް ނިކުންނާނީ ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ކުއާޓަރ ފައިނަލުން ޖާގަ ހޯދި މިރޯކޯ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
