މާލެ: 31°C

މޮރީނިއޯ ސަސްޕެންޑް ކޮށްފި

April 6, 2025
429 ފަހަރު ބަލާފައި
މޮރީނިއޯ ސަސްޕެންޑް ކޮށްފި
ތުރުކީ ލީހުގައި ފެނަބާޗޭ އާއި ގަލަތްސަރާއީ ބައްދަލުކުރިމެޗަށްފަހު ދަނޑުމަތީގައި މާރާމާރީ ހިންގާފައިވާތީ ފެނަބާޗޭގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ތުރުކީ ލީހުގައި ފެނަބާޗޭ އާއި ގަލަތްސަރާއީ ބައްދަލުކުރިމެޗަށްފަހު ދަނޑުމަތީގައި މާރާމާރީ ހިންގާފައިވާތީ ފެނަބާޗޭގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

 ހިފި މައްސަލައިގައި ތުރުކީގެ ފެނަބާޗޭގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ތުރުކީ ކަޕްގައި ފެނަބާޗޭ އާއި ގަލަތަސަރާއީ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ފެނަބާޗޭ ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު މޮރީނިއޯ ގަލަތަސަރާއީގެ ކޯޗު އޮކާން ބުރުކްގެ ނޭފަތުގައި ހިފައި ހަމަލާ ދީފައިވާކަމަށް ފެނަބާޗޭއިން ވަނީ ބުނެފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެ ކޯޗުން ދަނޑު މައްޗަށް އަރައި ރެފްރީންނާ ވާހަކަދެއްކުމުގެ ތެރޭގައި ގަލަތަސަރާއީގެ ކޯޗު ބުރުކް މޫނު މަތީގައި އަތް އަޅައިގެން ދަނޑު މައްޗަށް ވެއްޓުނު މަންޒަރު ފެނިފައިވެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބުރުކް ބުނެފައިވަނީ މޮރީނިއޯ އޭނާގެ މޫނުމަތީގައި މޮރީނިއޯ ޖަހާފައިވާ ކަމަށެވެ.

އެމައްސަލަ ބެލިުމަށްފަހު ތުރުކީގެ ފްޓްބޯޅަ ފެޑަރޭޝަނުން ބުނީ ބުރުކްގެ ފަހަތުން ގޮސް އޭނާގެ ނޭފަތުގައި މޮރީނިއޯ ހިފާފައިވާކަމަށާއި، އެހެންކަމުން އެ މައްސަލާގައި 3 މެޗަށް މޮރީނިއޯ ސަސްޕެންޑް ކުރުމުގެ އިތުރުން 5,955 ޕައުންޑުން ޖުރިމަނާކޮށްފައިވާކަމަށް ބުނެފައެވެ.

ނަމަވެސް ފެނަބާޗޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މެޗަށްފަހު މޮރީނިއޯ އަށް އަމާޒުކޮށް ބުރުކް ވަނީ އަތުން ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ދައްކާފައި ކަމަށެވެ. އަދި އެކަމުގެ ހިތްހަމަ ނުޖެހުމުގެ ތެރޭގައި މޮރީނިއޯ އޭނާގެ ނޭފަތުގައި ހިފި ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުސް މި ދެ ޓީމު ބައްދަލުކުރި މެޗަށްފަހު ގަލަތަސަރާއީގެ އޮފިޝަލުންނާއި ނަސްލީގޮތުން ދިމާކޮށްފައިވާކަމަށް ބުނެ މޮރީނިއޯ ވަނީ 4 މެޗަށް ސަސްޕެންޑްކޮށް 35,194 ޕައުންޑުން ޖުރިމަނާކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ