މާލެ: 31°C

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

March 17, 2025
375 ފަހަރު ބަލާފައި
ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ބައްދަލުކުރި މެޗު ބާސިލޯނާއިން ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމް ލީގުގެ 1 ވަނަ އަށް އަލުން އަރައިފި އެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ބައްދަލުކުރި މެޗު ބާސިލޯނާއިން ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމް ލީގުގެ 1 ވަނަ އަށް އަލުން އަރައިފި އެވެ.

ރޭގެ މެޗަށްފަހު ލަލީގާގެ ޕޮއިންޓް ތާވަލް ގެ 1 ވަނަ ބާސިލޯނާ އަށް ލިބިފައިވަނީ 27 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. 2 ވަނާއިގައި އޮތް ރެއާލް މެޑްރިޑަށް 28 މެޗުން 60 ޕޮއިންޓު ލިބިފައިވެއެވެ. ނަމަވެސް ބާސިލޯނާއަށްވުރެ 1 މެޗު އިތުރަށް ކުޅެފައިވާ ރިއާލް މެޑްރިޑްގެ ކުރިއަށް ބާސިލޯނާ އަރާފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ފުތަމަ 2 ގޯލް ޖަހައި ލީޑު ނަގާފައިވަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. ފުރަތަމަ ގޯލް އެތްލެޓިކޯ އަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޖޫލިއަން އަލްވަރޭޒް އެވެ. 2 ވަނަ ގޯލް މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑާ ސޯލޮތް އެވެ.

ނަމަވެސް އެތްލެޓިކޯގެ 2 ވަނަ ގޯލް ފެނިގެންދިޔަތާ 2 މިނެޓް ފަހުން ރޮބަޓް ލެވެންޑޯސްކީ ބާސާގެ ފުރަތަމަ ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ 6 މިނެޓް ފަހުން ފެރަން ޓޮރޭސް ބާސިލޯނާގެ 2 ވަނަ ގޯލް ޖަހައި މެޗް އެއްވަރުކޮށްދިންއިރު މެޗުގެ 90 ވަނަ މިނެޓްގައި ލަމީން ޔަމާލްގެ ގޯލުން ބާސާ ވަނީ ލީޑު ނަގާފަ އެވެ. އަދި އޭގެ ކުޑަ ހިނދުކޮޅެއްގެ ފަހުން ބާސިލޯނާގެ 4 ވަނަ ގޯލް ޓޮރޭސް ވަނީ ބާސިލޯނާއަށް ކާމިޔާބުކޮށްދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ