ރޮބާޓޯ ކާލޯސް މޮރޮކޯ އާންހެނަކާ ކައިވެނިކުރަން އިސްލާންވެއްޖެ ކަމަށް ތުރުކީގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އުމުރުން 53 އަހަރުގެ ރޮބާޓޯ ކާލޯސް އިސްލާމްވީ މީގެ 4 ހަފުތާ ކުރިން ބްރެޒިލްގެ މުސްލިމް މުޖުތަމައުގައި މަޝްހޫރު ޝައިޚް ޖިހާދު ހަމާދާއާ ބައްދަލު ކުރެއްވުމުގެ ތެރޭގަ އެވެ.
އަދި އެ ބައްދަލުވުމުގައި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ވަނީ އިސްލާމް ދީން އިޚްތިޔާރު ކުރިކަން އިއުލާން ކޮށްފައި ކަމަށްވެސް ތުރުކީގެ ނޫސްތަކުން ބުނެއެވެ.
ނަމަވެސް ރޮބާޓޯ ކާލޯސް އިސްލާންދީން ގަބޫލިކުރިވާހަކައާއި ގުޅޭގޮތުން މިހާތަނަށް އޭނާ އެއްވެސް އެއްޗެއް ނުބުނެ އެވެ.
މި ވާހަކަތަކަށް އިތުރު ސަމާލުކަމެއް ލިބުނީ ތުރުކީގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ މެމްބަރު އަލީ ސާހިން ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ ބައެއް މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމެއްގެތެރޭގައި މި ވާހަކަ ދެއްކުމުންކަމްށް ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ގޯލް ޑޮޓްކޮމް އިން ބުނެއެވެ.
ސާހިން އޭނާގެ "އެކްސް" ގައި ބުނެފައި ވަނީ ބްރެޒިލިއަން ޗެރިޓަބަލް ޔޫނިއަން އޮފް މުސްލިމް ޔޫތު އަށް ކުރެއްވި ޒިޔާރަތެއްގައި ސައޮ ޕައުލޯގައި ދިރިއުޅޭ ޝެއިޚް ޖިހާދު ހަމާދާއާ ބައްދަލުވި ކަމަށެވެ.
ޝެއިޚް ޖިހާދު ހަމާދާއާ އަކީ މުސްލިމް ދުނިޔޭގައި އެންމެ ނުފޫޒުގަދަ 500 މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ޝެއިޚް ހަމަދާ އާ ހަވާލާދީ އޭނާ ބުނެފައިވަނީ ބްރެޒިލްގެ އެންމެ މޮޅު ފުޓްބޯޅައިގެ އެއް ލެޖެންޑް އަދި ފެނަރބާޗޭގެ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް މީގެ 4 ހަފުތާ ކުރިން ށެއިހް އަރިހަށް ޒިޔާރަތްކުރިކަމަށާއި އަދި އެ ބައްދަލުކުރުމުގެ ތެރޭގައި ޝަހާދަތް ކިޔައި އޭނާ އިސްލާމް ދީން ގަބޫލު ކުރިކަމަށް ޝެއިޙް ވިދާޅުވިކަމަށް ބުނެފައި ވެއެވެ.
އަދި ސާހިން ވަނީ ރޮބާޓޯ ކާލޯސް އަށް މަރުހަބާވެސް ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް ރޮބާޓީ ކާލޯސް މޮރޮކޯގެ ސްޕެނިޝް ދަރިކޮޅުގެ ސަހައިލާ އެލް އާއި ކައިވެނި އެންގޭޖުވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.







