1000 ޕެނަލްޓީގެ ތައްޔާރީތައް ފެނަށްދުއްވާލާ މޮރޯކޯއިން ސްޕެއިން ކަޓުވާލައިފި

1000 ޕެނަލްޓީގެ ތައްޔާރީތައް ފެނަށްދުއްވާލާ މޮރޯކޯއިން ސްޕެއިން ކަޓުވާލައިފި
ލިޔުން:
ޕްރެކްޓިހުގައި ކޮންމެ ކުޅުންތެރިއެއް 1000 ޕެނަލްޓީ ޖަހައި އެތައް ގޮތަކަށް ޕެނަލްޓީއަށް ތައްޔާރުވި ސްޕެއިން ޕެނަލްޓީގައި ކަޓުވާލުމަށްފަހު މޮރޯކޯ ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިއެވެ.
މިއީ މުބާރާތުގެ ކުއާޓަރ ފައިނަލަށް އެފްރިކާގެ ޤައުމެއް 2010 ވަނަ އަހަރަށް ފަހު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިފަހަރުގެ މުބާރާތުގައި މިހާރު ބާކީ އޮތް އެފްރިކާގެ ހަމަ އެކަނި ޤައުމަކީވެސް މޮރޯކޯއެވެ.
ގަދަ ސޯޅަ ބުރުގައި ސްޕެއިން އާއި މޮރޯކޯ ބައްދަލުކުރި މިމެޗުގެ ނުވަ ދިހަ މިނެޓް ހަމަވިއިރު ދެޓީމުން ކުރެއް އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގައިވެސް ގޯލެއް ފެނިފައެއް ނުވެއެވެ.
ޕެނަލްޓީގައި މޮރޯ ކުރި ހޯދީ 3 – 0 ކުންނެވެ. މިފަހަރުގެ މުބާރާތައް ޕެނަލްޓީގައި ކުރި ހޯދަން އެންމެ ރަނގަޅަށް ތައްޔާރުވީވެސް ސްޕެއިނުންނެވެ. ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މެޗުގެ ކުރިން ބުނީ މިއީ ޕެނަލްޓީގައި ކާމިޔާބު ހޯދަން ކޮންމެ ކުޅުންތެރިއެއް އެއްހާސް ޕެނަލްޓީ ޖަހަން އަންގާފައިވާނޭ ކަމަށާއި ޓީމު ވަރަށް ރަނގަޅަށް ޕެނަލްޓީއަށް ތައްޔާރުވެފައި އޮތް ކަމަށެވެ.
އެހެންނަމަވެސް ސްޕެއިން އިން ޖެހި ތިން ޕެނަލްޓީވެސް ވަނި ނާކާމިޔާބުވެފައެވެ. މިގޮތުން ސަރަބިއާ ޖެހި ޕެނަލްޓީ ދަނޑީގައި ޖެހުނުއިރު ކާލޯސް ސޮލެރ އާއި ސާޖިއޯ ބުސްކެޓް ޖެހި ޕެނަލްޓީތަކުގެ ހުރަހަކަށްވީ މޮރޯކޯގެ ގޯލް ކީޕަރު ބޯނޯއެވެ.
ސްޕެއިން މުބާރާތުން ކަޓުވާލާ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ޕެނަލްޓީގައި އެންމެ ނާކާމިޔާބު ޓީމަށް ސްޕެއިން ހެދީ ސްޕެއިންއަށް އުފަން އަދި ސްޕެއިންގައި ކްލަބް ކެރިއަރު ފެށި މޮރޯކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
