މާލެ: 31°C

ފަހު މެޗުން ބަލިވިއަސް ފްރާންސްއަށް އެއްވަނަ، ދެވަނަ އޮސްޓްރޭލިއާއަށް

December 1, 2022
2 ފަހަރު ބަލާފައި
ފަހު މެޗުން ބަލިވިއަސް ފްރާންސްއަށް އެއްވަނަ، ދެވަނަ އޮސްޓްރޭލިއާއަށް
ފަހު މެޗުން ބަލިވިއަސް ފްރާންސްއަށް އެއްވަނަ، ދެވަނަ އޮސްޓްރޭލިއާއަށް
ގްރޫޕް ޑީގެ ފަހު މެޗުން ބަލިވިނަމަވެސް ގްރޫޕްގެ އެއްވަނާގައި ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް ބަލިވީ ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން އެކެއް ސުމަކުންނެވެ. މިމެޗަށް ނިކުތް އިރުވެސް ދެވަނަ ބުރު ޔަގީންކޮށްފައިވާ ފްރާންސްއިން މެޗަށް ނެރުނީވެސް މުޅިން ބަދަލުވެފައިވާ ޓީމެކެވެ. މިގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ އެންމެ 2 ކުޅުންތެރިންނެވެ. އެއީ ޑިފެންޑަރު ރަފައެލް ވަރާން އާއި މިޑްފިލްޑަރ އޫރީލިއަން ޗޫމޭނީއެވެ. ދުނިޔޭގެ ޗެމްޕިއަނުންގެ މައްޗަށް ކުރި ހޯދުނު ނަމަވެސް ޓިނުއީޝިއާއަށް ގްރޫޕް ސްޓޭޖު ނިންމާލަން ޖެހުނީ ތިން ވަނާގައެވެ. މި ގްރޫޕުން ފްރާންސްގެ ފަހަތުން ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ އޭޝިއާއިން މުބާރާތައް ކޮލިފައިވި އޮސްޓްރޭލިއާއެވެ. އޮސްޓްރޭލިއާ ދެވަނަ ބުރު ޔަގީން ކުރީ ރޭ ޑެންމާކާ ބައްދަލުކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނަ ބުރުގައި އޮސްޓްރޭލިއާ ނިކުންނާނީ ގްރޫޕް ސީގެ އެއްވަނަ އާޖެންޓީނާ އާއި ދެކޮޅަށެވެ. އަދި ފްރާންސް ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ދެވަނަ ޕޮލެންޑާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ