މާލެ: 31°C

ކުއާޓަރ ފައިނަލްގައި އިންގްލޭންޑާއި ފްރާންސް

December 5, 2022
2 ފަހަރު ބަލާފައި
ކުއާޓަރ ފައިނަލްގައި އިންގްލޭންޑާއި ފްރާންސް
ކުއާޓަރ ފައިނަލްގައި އިންގްލޭންޑާއި ފްރާންސް
ސެނެގާލް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުން އިންގްލޭންޑް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ސެނެގާލްގެ މައްޗަށް އިންގްލޭންޑް ކުރިހޯދީ ތިނެއް ސުމަކުންނެވެ. މިމެޗުގައި އިންގްލޭންޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ ޖޯޑަން ހެންޑަރސަންއެވެ. އަދި ދެވަނަ ލަނޑު ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިންއިރު ތިން ވަނަ ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ބުކަޔޮކޯ ސަކާއެވެ. މިއީ މިފަހަރުގެ މުބާރާތުގެ ސަކާ ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ. މިމެޗުގައި އިންގްލޭންޑް ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ތަޖްރިބާކާރު ފޯވާޑް ރަހީމް ސްޓަރލިންގ ބައިވެރިވެފައެއް ނުވެއެވެ. ސްޓަރލިންގ މިމެޗުގައި ބައިވެރިވެފައި ނުވަނީ އާއިލީ ސަބަބުތަކާހެދި ކަމަށް އިންގްލޭންޑް ޓީމުން ވަނީ ބުނެފައެވެ. އިނގިރޭސި ރިޕޯޓްތައް ބުނާގޮތުން ސްޓަރލިންގ ވަނީ ޓީމު ދޫކޮށް އެނބުރި ލަނޑަށްއަށް ގޮސްފައެވެ. އެއީ ސްޓާލިންގެ ގެއަށް ހަތިޔާރާއެކު ބަޔަކު ވަދެ ވައްކަން ކުރުމުގެ ސަބަބުން، އޭނާ އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުންވެގެން ޓީމުން ރިލީސް ދިނުމުން ކުރި ދަތުރެއް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެންމެ ފަހުގެ މުބާރާތުގެ ހަތަރު ވަނަ ހޯދި އިންގްލޭންޑް މުބާރާތުގެ ކުއާޓަރ ފައިނަލްގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަނުން ފްރާންސް އާއި ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ