އިންޑިއަން އައިޑަލް އިން ވިދާލި މަޝްހޫރު ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކާންޖީލާލް އަންނަ މަހު 3 ގައި ހުޅުމާލޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯގެ ޓިކެޓު މިހާރު ވިއްކަމުންދާ އިރު، އެމީހުނާއި އެކު ސެލްފީ ނެގޭ ހާއްސަ ޕެކޭޖެއްގެ ޓިކެޓް ލިބެން ހުންނާނެ ކަމަށް ޝޯ އޯގަނައިޒް ކުރާ ޓުއަނިވަލް ގެ ކޯ ފައުންޑާ ޒާކިރު ވިދާޅުވެއްޖެއެވެ.
މިޝޯގެ އެކި ކެޓަގަރީ ތަކުގެ ޓިކެޓް ވިއްކަމުންދެއެވެ. އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 80 ރުފިޔާއެވެ، އެ ޓިކެޓުގައި ޝޯއަށް ވަންނަ މީހުނަށް ގޮނޑިބަރި ނުހުންނާއެވެ. ވިޔަފާރިއަކަށް ނުވަތަ މަތީ ފެންވަރުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ. ވީއައިޕީ ޕެކޭޖުގެ އަގަކީ 500 ރުފިޔާއެވެ. ސެލްފީ ނެގެނީ އެޕޭޖުގެ ދަށުންނެވެ.
މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ޝޯ ގައި ރާއްޖޭގެ މަޝްހޫރު ލަަވަކިޔުންތެރިން ކަމުގައިވާ، މޯލްޑިއަން އައިޑްލްގެ ތަރި ޝަލަބީ އިބްރާހިމް އާއި ރާފިޔަތު ރަމީޒާގެ ހުށަހެޅުންތައްވެސް ފެންނާނެ ކަމުގައި ޓުވައިނަލް އިން ބުންޏެވެ.
[embed]https://minivan.mv/81620/[/embed]
ޝޯގެ ޓިކެޓު މިހާރު މޫލީ މެދުވެރިކޮށް ވެސް ގަނެވެއެވެ. އަދި ސޮލައިޓް ރެސްޓޯރަންޓުންނާއި މަންހަންޓަން ބިޒްނަސް ސްކޫލްއިން ވެސް ޓިކެޓު ގަންނަން ލިބޭނެއެވެ.
މި ހަރަކާތް ސްޕޮންސަރުކޮށް، އެ ތަނުގައި ކެންޓީނުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވެއެވެ. މާޗު 3ގައި އޮންނަ މިޝޯ 3 ގައި އިރަށް ދިގުދެމިގެން ޑާނެ ކަމުގައި ވެސް ޝޯ އިންތިޒާމް ކުރާ ޓުއާނިވަލްއިން ބުންޏެވެ.