މާލެ: 31°C

ވަރުން ދަވަން އަށް ދަރިއަކު ލިބެނީ

February 19, 2024
3 ފަހަރު ބަލާފައި
ވަރުން ދަވަން އަށް ދަރިއަކު ލިބެނީ
ވަރުން ދަވަން އަށް ދަރިއަކު ލިބެނީ
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ ޑޭވިޑް ދަވަންގެ ހަގު ދަރި އަދި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަންއަށް އަލަތު ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ. ވަރުން މި ހަބަރު ހިއްސާކުރަމުން ވަނީ އޭނާގެ އިންސްޓަގްރާމުގައި ފޮޓޯއަކާއި އެކު ޕޯސްޓެއް ކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ އޭނާގެ އަނބިމީހާ ނަތާޝާ ދަލާލުގެ ބަނޑަށް ދޮނެއްދެމުން ނަގާފައި އިން ފޮޓޯއެކެވެ. އަދި ފޯސްޓްގައި "ވީއާ ޕްރެގްނެންޓް" ކަމަށް ލިޔެފައިވެއެވެ. މި ޕޯސްޓް ހިއްސާކުރުމާއެކު ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުންނަށް ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔުމަށްފަހު ކޮމެންޓްކޮށްފައެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ކަރަން ޖޯހަރު ކިއާރާ އަދުވާނީ، ކްރިތީ ސެނަން، ޖެކަލީން ފާނަންޑޭޒް އަދި އަރުޖުން ކަޕޫރު ފަދަ މަޝްހޫރު އެތައް ތަރިން ހިމެނެއެވެ. ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ދަލާލް އާއި އެކްޓަރު ވަރުން ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މީގެ ކުރިން ވަރުން ދިން އިންޓަވިއުއެއްގައި ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑް ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. މި ދެމީހުންނަކީ ޅައުމުރުން ފެށިގެން އެއްކޮށް އުޅުނު ދެ ލޯބިވެރިންނެވެ. 2012 ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން އެންމެ ފަހުން ފެނިގެންދިޔައީ ޖާންވީ ކަޕޫރުއާއެކު "ބަވާލް" އިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ