ވެނިސާ ބަނޑުބޮޑުކަން އިއުލާންކުރީ އޮސްކާގައި

ވެނިސާ ބަނޑުބޮޑުކަން އިއުލާންކުރީ އޮސްކާގައި
ލިޔުން:
"ހައި ސްކޫލް މިއުޒިކަލް" އިން ބޮޑު މަގްބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ވެނިސާ ހަޖެންސް އާއި އޭނާގެ ފިރިމީހާ ކޯލް ޓަކާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.
އޭނާ އެކަން އިއުލާންކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި 96 ވަނަ އޮސްކާ އެވޯޑު ހަފްލާގެ ރެޑްކާޕެޓުގައެވެ. އަދި އެ ޕޮޓޯތައް އޭނާގެ އިންސްޓަގްރާމގައި ހިއްސާކުރުމުން އޭނާގެ ގިނަ ސަޕޯޓަރުންގެ އިތުރުން ގިނަ ސެލެބްރިޓީންނެއް އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވެނެސާ ވިހާނީ އޮގަސްޓް މަހު ތެރޭގައެވެ.
ވެނިސާ ހަޖެންސް 35، އާއި އެމެރިކާގެ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ކޯލް ޓަކާ 27، މިދިޔަ އަހަރުގެ ކުރީކޮޅު އެންގޭޖްވުމަށްފަހު ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި ދެލޯބިވެރިންގެ ގުޅުން އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ 2020 ވަނަ އަހަރު ވެނެސާ އިންސްޓަގްރާމަށް ދެމީހުން އެކުގައި ނެގި ފޮޓޯއެއް ޕޯސްޓްކުރަމުން ކެޕްޝަނުގައި "ޑޭޓް ނައިޓް" ޖެހުމުންނެވެ.
މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނީ ކޯލް އާ އެންމެ ފުރަތަމަ ދިމާވީ ރަހުމަތްތެރިޔަކު ބުނި ބުނުމަށް ޒޫމް އިން ކުރިއަށް ގެންދިޔައި މެޑިޓޭޝަން ގްރޫޕެއްގެ މީޓީންއެއްގެ ތެރެއިން ކަމަށެވެ. އެއަށްފަހު ދެމީހުން ވާހަކަ ދައްކަން ފަށައި، އިތުރަށް ދެމީހުންގެ ގުޅުން ބަދަހިވި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ވެނިސާ ހަޖެންސް ލޯބީގެ ގޮތުން ގުޅުނު ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި ޒެކް އެފްރޮން އަދި އޮސްޓިން ބަޓްލާ ހިމެނެއެވެ. "ހައި ސްކޫލް މިއުޒިކަލް" ފިލްމުގެ ސެޓުން ޒެކް އެފްރޮން އާ ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ 2010 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެކްޓަރު އޮސްޓިން ބަޓްލާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ 2019 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
