ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގައި ވެލެންސިއާ ކޮޅަށް 7 ގޯލް ގަޖަހައި ބޮޑު ތަފާތަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ރޭގެ މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ލޮޕޭޒް އާއިފްރެންކީ އާއި ޓްރޭސް ގެ އިތުރުން ރަފީނީ އަދި ލެވެންޑޯސްކީ އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ 7 ގޯލުގެ ތެރެއިން 5 ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. 2 ވަނަ ހާފުގައި ބާސާއަށް ކާމިޔާބު ކުރެވުނު 2 ގޯލުގެ ތެރެއިން 1 ގޯލް އަކީ ވެލެންސިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރޭގެ މެޗުގައި މެޗުގެ ފަހު ހާފުގައި ވެލެންސިއާގެ ހޫގޯ ޑޫރޯ ކާމިޔާބުކޮށްދިން ގޯލާއެކު މެޗު ނިމިފައިވަނީ 7-1 އިން ނެވެ.
ރޭގެ މެޗުން ބޮޑުތަފާތަކުން ބާސެލޯނާ މޮޅުވިނަމަވެސް އެ ޓިމު އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެން ލީގުގެ 3 ވަނާގައެވެ. 21 މެޗުން 49 ޕޮއިންޓް ހޯދައިގެން ލީގުގެ 1 ވަނާގައި ރެއާލް މެޑްރިޑް ހަމަޖެހިލާފައި ވާއިރު 21 މެޗުން 45 ޕޮއިންޓް ހޯދައިގެން ލީގުގެ 2 ވަނާގައި އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ.







