މާލެ: 31°C

އުރްފީގެ ހެދުން މިފަހަރު ޑިޒައިން ކުރީ ސައިފަތް ޕެކެޓުން

June 5, 2023
2 ފަހަރު ބަލާފައި
އުރްފީގެ ހެދުން މިފަހަރު ޑިޒައިން ކުރީ ސައިފަތް ޕެކެޓުން
އުރްފީގެ ހެދުން މިފަހަރު ޑިޒައިން ކުރީ ސައިފަތް ޕެކެޓުން
ތަފާތު ގޮތްގޮތަށް ހެދުން އެޅުމުން މުޅި ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އުރްފީ ޖާވިދް، މިފަހަރު އޭނާގެ ހެދުން ޑިޒައިން ކޮށްފައިވަނީ ސައިފަތް ޕެކެޓްތަކެއް ބޭނުންކޮށްގެންނެވެ. އިންޑިއާގެ މި ސެލެބްރިޓީ އަކީ ފެޝަން ކަމަށް ބުނެ ހެދުން އެޅުމުގައި އޭނާގެ އަމިއްލަ ގޮތްތަތެއް ގެންގުޅޭ ފަރާތެކެވެ. ނިވާ ނުވާ ފަދަ ހެދުން އަޅައި، މާ ސްޓައިލިޝް ކަމަށް ބުނެ އަޅާ ހެދުންތަކުން ގިނަ ފަހަރު މިހާ ހުންނަނީ ބަރަހަނާ ހާލުގައެވެ. އޭނާ ބުނި ގޮތުގައި ތަފާތު ގޮތްގޮތަކަށް ހެދުން އަޅަން މެދުވެރިވަނީ އެއްވެސް ކަހަލަ ފޮއްޗަކަށް ނުގުޅޭތީ އެވެ. އޭނާގެ ތަފާތު ޑިޒައިންތައް އެކި ފަހަރު މަތިން އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނަމަވެސް، ބައެއް އާންމުންނާއި މީޑިއާގެ ސަމާލުކަން އުރްފީ ވަނީ ހޯދައިފައެވެ. އޭނާ ވަނީ މިހާތަނަށް ބަޔަކު ހީވެސް ނުކުރާހާ ގޮތްގޮތަށް ފެޝަން ދައްކާލާފައެވެ. އެންމެފަހުން އޭނާގެ އިންސްޓަގްރާމަށް ހިއްސާކުރި ވީޑިއޯތަކާއި ފޮޓޯއިން ފެނިގެންދިޔައީ ސައިފަތް ޕެކެޓްތަކަކުން ޑިޒައިން ކޮށްފައި ހުރި ހެދުމެކެވެ. އެހެން ހެދުންތަކާއި އަޅާ ބަލާއިރު މި ހެދުމުގައި ނިވާކަން ބޮޑެވެ. އެގޮތުން މި ހެދުމަށް ގިނަ ބައެއްގެ ޕޮޒިޓިވް ކޮމެޓްސް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. އުރްފީގެ މިފަހަރުގެ ހެދުންވީ ސަޕޯޓަރުން ވަރަށް ގަޔާވި ހެދުމަކަށެވެ. އޭނާގެ ކްރިއޭޓިވިޓީއަށް ތައުރީފުކޮށް ގިނަ ބައެއްގެ ސަޕޯޓް މި ހެދުމަށް ލިބިފައިވާ ކަމަށް ކޮމެންޓްސް ތަކުން އެނގިގެންދެއެވެ. "މިއީ ވަރަށް ރަނގަޅު ހިޔާލެއް. އުކައިލާ ސައިފަތް ޕެކެޓްގެ ބޭނުން ހިފައި، ތިމާވެއްޓާ ވެސް ރައްޓެހި." ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެއެވެ. ފާޑިކީ ބައެއް މީހުން ބުނީ ހޫނު ފެން އަޅާލުމުން ގްރީން ޓީ ހެދޭނެ ކަމަށެވެ. އުމުރުން 25 އަހަރުގެ އުރްފީއަށް ޓީވީ ސިލްސިލާތަކާއި ބައެއް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްގެން ނުލިބުނު ސަމާލުކަން، އޭނާގެ އަމިއްލަ މަސައްކަތުން ތަފާތު ގޮތްގޮތަށް ހެދުން އެޅުމުން މިހާރު ވަނީ އެކަން ކާމިޔާބުވެފައެވެ. ބިގް ބޮސް 16 ގެ އިތުރުން އިންޑިއާގެ ޓީވީ ސިލްސިލާތައް ކަމަށްވާ "ބޭޕަނާ"، "ކަސޯޓީ ޒިންދަގީ ކޭ 2" އަދި "އާއޭ މޭރޭ ހަމްސަފަރު" އިން ވެސް އުރްފީ ފެނިގެންގޮސްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ