މާލެ: 31°C

ޔުނަިޓެޑްގެ ސަޕޯޓަރުން ރޮއްވާލާ ފޯރިގަދަ މެންޗެސްޓަރ ޑާރބީ ސިޓީ އިން ކާމިޔާބުކޮށްފި

March 4, 2024
18 ފަހަރު ބަލާފައި
ޔުނަިޓެޑްގެ ސަޕޯޓަރުން ރޮއްވާލާ ފޯރިގަދަ މެންޗެސްޓަރ ޑާރބީ ސިޓީ އިން ކާމިޔާބުކޮށްފި
ޔުނަިޓެޑްގެ ސަޕޯޓަރުން ރޮއްވާލާ ފޯރިގަދަ މެންޗެސްޓަރ ޑާރބީ ސިޓީ އިން ކާމިޔާބުކޮށްފި
އިނގިރޭސި ޕްރެމިއަރ ލީގުގައި ކުޅެވޭ އެންމެ ފޮރިގަދަ އެއްމެޗް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި ޑާރބީ މެޗް ޔުނައިޓެޑްގެ ސަޕޯޓަރުން ރޮއްވާލާ ސިޓީ އިން ކާމިޔާބުކޮށްފިއެވެ. އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ މި ދެޓީމުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ސަޕޯޓަރުންނާއި މީޑިއާގެވެސް ހާއްސަ ސަމާލުކަމެއް ލިބިގެންދާ މެޗްއެކެވެ. ރޭގެ މެޗުގައި ފެށުނީއްސުރެ ސިޓީއިން ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ސިޓީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހައިރާންކޮށްލީ މެޗްގެ ކުރީ ކޮޅު މާކަސް ރަޝްފޯޑް ކާމިޔަބުކުރި ރީތި ގޯލުންނެވެ. މެޗްގެ 8 ވަނަ މިނެޓްގައި ރަޝްފޯޑް ކާމިޔާބުކުރި މި ގޯލް ޖެހުމުގައި އެހީތެރިވެދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ. ރޭގެ މެޗަށް މި ދެޓީމުން ނިކުތް އިރު ސިޓީއަށް އެ މެޗް މުހިންމުވަނީ ލީގު ހޯދުމަށް މިހާރު އެއްވަނައިގައި އޮތް ލިވަރޕޫލާއި އެއްމެ ޕޮއިންޓަކަށް ކައިރިކުރެވޭނެތީއެވެ. އަނެއްކޮޅުން މެންޗެސްޓަރ ޔުނައިޓެޑަށްވެސް ރޭގެ މުޗް މުހިންމުވަނީ އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތް ތަކުގައި ވާދަކުރުމަށް ލީގުގެ ގަދަ 4 އަކަށް އެރުމަށެވެ. ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އެހެން ކަމުން ގަދަ ހަތަރަކަށް އެރުމަށް މިރޭގެ މެޗް ކާމިޔާބުކުރުން އެޓީމަށްވެސް ކޮންމެހެން މުހިންމެވެ. ޔުނައިޓެޑްގެ އެ ލަނޑާއކު ހަމަޖެހިލި ނަމަވެސް މުޅި މެޗްގައިވެސް ސިޓީގެ ކުޅުން ވަރުގަދަ ވެފައި ހަމަލާތައް ވެސް ނުރައްކާތެރިއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ. ދެވަނަ ހާފްގައި ސިޓީގެ ކުޅުން ވަރުގަދަކޮށް އިތުރު ހަމަލާތައް އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން 56 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކުރީ ޒުވާން ފޯވަޑް ފިލް ފޮޑަން އެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން ފޮޑަންގެ ދެވަނަ ލަނޑަކާއެކު ނަތީޖާ ސިޓީ ކޮޅަށް އަނބުރާލިއެވެ. މެޗްގެ އެންމެ ފަހު ލަނޑު އަދި ސިޓީގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގައި އިތުބާރު ފޯވަޑް ހަލާންޑް އެވެ. މި މޮޅާއެކު އެންމެ ޕޮއިންޓެއް މަދުން ލިވަރޕޫލްގެ ފަހަތުގައި އޮތް ސިޓީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބައްދަލު ކުރަންޖެހޭނީ އެއްވަނައިގައި އޮތް ލިވަރޕޫލާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ