ޔުނައިޓެޑާއި ސިޓީގެ ފޯރިގަދަ މެންޗެސްޓަރ ޑާރބީ މިރޭ

ޔުނައިޓެޑާއި ސިޓީގެ ފޯރިގަދަ މެންޗެސްޓަރ ޑާރބީ މިރޭ
ލިޔުން:
އިނގިރޭސި ޕްރެމިއަރ ލީގުގައި ކުޅެވޭ އެންމެ ފޮރިގަދަ އެއްމެޗް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗް މިރޭ އޮންނާނެއެވެ.
އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް ނިސްބަތްވާ މި ދެޓީމުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ސަޕޯޓަރުންނާއި މީޑިއާގެވެސް ހާއްސަ ސަމާލުކަމެއް ލިބިގެންދާ މެޗްއެކެވެ.
މިރޭގެ މެޗަށް މި ދެޓީމުން ނިކުންނަ އިރު ސިޓީއަށް މުހިންމުވަނީ ލީގު ހޯދުމަށް މިހާރު އެއްވަނައިގައި އޮތް ލިވަރޕޫލާއި އެއްމެ ޕޮއިންޓަކަށް ކައިރިކުރެވޭނެތީއެވެ.
އަނެއްކޮޅުން މެންޗެސްޓަރ ޔުނައިޓެޑަށްވެސް މިރޭގެ މުޗް މުހިންމުވަނީ އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތް ތަކުގައި ވާދަކުރުމަށް ލީގުގެ ގަދަ 4 އަކަށް އެރުމަށެވެ. ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އެހެން ކަމުން ގަދަ ހަތަރަކަށް އެރުމަށް މިރޭގެ މެޗް ކާމިޔާބުކުރުން އެޓީމަށްވެސް ކޮންމެހެން މުހިންމެވެ.
މިރޭގެ މި ފޯރިގަދަ މެޗަށް ނިކުންނަ އިރު ދެޓީމަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަށް ވަނީ ދިމާވެފައެެވެ. އެގޮތުން ސިޓީގެ ޖެކް ގްރީލިޝް އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗްގައި ނުކުޅެވޭނެކަމަށް ބެލެވޭއިރު ޔުނައިޓެޑްގެ މޭސަން މައުންޓާއި އެންތަނީ މާޝިއަލް އަދި މަލާސިއާ ފަދަ ކުޅުންތެރިންވެސް ތިބީ އިންޖަރީގައެވެ.
ޕްރެމިއަރ ލީގުގައި މިދެޓީމް އެންމެ ފަހުން ވާދަކޮށްފައިވާ ފަސް މެޗަށް ބަލާއިރު 4 މެޗް ކާމިޔާބު ކޮށްފައިވަނީ ސިޓީއިންނެވެ. ޔުނައިޓެޑަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ.
މި މެޗް ކުޅެވޭނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
