މާލެ: 31°C

ތުރުކީގެ 2 ވަނަ ގޯލަށްފަހު މެރީހް ޑެމިރަލް އަތުން ދެއްކި އިޝާރާތުގެ މައްސަލަ ޔޫއެފާއިން ބަލަނީ

July 3, 2024
2 ފަހަރު ބަލާފައި
ތުރުކީގެ 2 ވަނަ ގޯލަށްފަހު މެރީހް ޑެމިރަލް އަތުން ދެއްކި އިޝާރާތުގެ މައްސަލަ ޔޫއެފާއިން ބަލަނީ
ތުރުކީގެ 2 ވަނަ ގޯލަށްފަހު މެރީހް ޑެމިރަލް އަތުން ދެއްކި އިޝާރާތުގެ މައްސަލަ ޔޫއެފާއިން ބަލަނީ
ޔޫރޯ 24 ގެ 2 ވަނަ ބުރުގައި ތުރުކީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗްގައި ތުރުކީގެ 2 ވަނަ ގޯލް ޖެހުމަށްފަހު ތުރުކީގެ މެރީހް ޑެމިރަލް ދަނޑުމަތީގައި އަތުން ދައްކުވައިދިން ހަރަކާތާއި ގުޅޭ މައްސަލައެއް ޔޫއެފާއިން ބަލަމުން އަންނަކަމުގައި އެ ޖަމާއަތުން ބުނެފިއެވެ. ރޭގެ މެޗުގައި މެރީހް ޑެމިރަލް އުފާފާފާލުކުރުމަށް ދައްކުވައިދިން ހަރަކާތަކީ  ތުރުކީގެ ކަނާތުފިޔާގެ ހަރުކަށި ޖަމާއަތަކާ ގުޅިފައިވާ ނަސްލީ ތަފާތުކުރުން ރަމްޒުކޮށްދޭ އަތުގެ ނިޝާނެއް ކަމަށް ޖަރުމަނުގެ އިންޓީރިއަރ މިނިސްޓަރ ނޭންސީ ފައިސަރ އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައިވެސް ވަނީ ބުނެފައެވެ. އެކަމަނާގެ އެކްސްގައި ކޮށްފައިވާ ޕޯށްޓްގައިބުނެފައިވަނީ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޕްލެޓްފޯމަކީ ނަސްލީ ތަފާތުކުރުމުގެ ޕްލެޓް ފޯމެއްގެ ގޮތުގައި ބޭނުންކުރުން ބަލައިނުގަނެވޭ ކަމަށާއި، އުންމީދަކީ އެފާއިން އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅުންކަމަށެވެ. ލަނޑުޖެހުމަށްފަހު މެރީހް ޑެމިރަލް ދައްކުވައިދިން "ވުލްފް ސެލިއުޓް" އަކީ ތުރުކީގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ "ގްރޭ ވުލްވްސް" އާ ގުޅިފައިވާ ހަރަކާތެއްކަމަށާއި އަދި އެ ޖަމާއަތަކީ ޖަރުމަނުގެ ޑޮމެސްޓިކް އިންޓެލިޖެންސް ސާވިސްގެ މޮނިޓަރިންގެ ހާލަތުގައި އޮތް ޖަމާއަތެއް ކަމަށްވެސް އިންޓީރިއާ މިނިސްޓަރ ނޭންސީ ފައިސަރ އެކްސްގައި ކޮސްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ. މެރީހް ޑެމިރަލް އަކީ 2019 ވަނަ އަހަރު ތުރުކީއާއި ސީރިއާއާއި ދެމެދު އުފެދުނު ހަނގުރާމަވެރި ހާލަތުގައި ދަނޑުމަތީގައި އަސްކަރީ ސަލާން ރަމްޒުކޮށްގެން މައްސަލަ ބަލާފައިވާ 16 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޔުއެފާއިން ވަނީ މެރީހް ޑެމިރަލްގެ މައްސަލަ ބެލުމަށް އިންސްޕެކްޓަރަކު ހަމަޖައްސާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މައްސަލަ ނިމޭނެ ދުވަހެއް ހާމަކޮށްފަނުވާއިރު ތުރުކީ ދެން ކުޅޭ މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ، ޖާރމަންގެ ބާލިން ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގެ އެމެޗްގައި ތުރުކީ ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. ގްރޭ ވުލްވްސް އުފެދުނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ކޯލިޝަންގައި އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއްކަމަށްވާ ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީގެ ޔޫތު ވިންގްގެ ގޮތުގަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ