މާލެ: 31°C

އަައްޑޫގައި އޮންނަ ސްކޫލުތަކުގެ އެތުލެޓިކްސްގައި މިފަހަރު 37 ސްކޫލް ބައިވެރިވޭ

January 2, 2024
2 ފަހަރު ބަލާފައި
އަައްޑޫގައި އޮންނަ ސްކޫލުތަކުގެ އެތުލެޓިކްސްގައި މިފަހަރު 37 ސްކޫލް ބައިވެރިވޭ
އަައްޑޫގައި އޮންނަ ސްކޫލުތަކުގެ އެތުލެޓިކްސްގައި މިފަހަރު 37 ސްކޫލް ބައިވެރިވޭ
އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަންނަ ފެބުރުވަރީ މަހު އައްޑޫ ސިޓީގައި ބާއްވަން އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ. އެ އެސޯސިއޭޝަނުން ބުނީ، އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 11ން 16 އަށް ބާއްވާ މުބާރާތުގައި، ރާއްޖޭގެ އުތުރާއި ދެކުނުން 37 ސްކޫލުން ބައިވެރިވާން އެދިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މުބާރާތް އޮތީ ފުވައްމުލައް ސިޓީގައެވެ. އެ މުބާރާތުގައި 33 ސްކޫލަކުން 809 އެތްލީޓުން ވާދަ ކުރިއެވެ. 108 އިވެންޓު ކުރިއަށް އެ މުބާރާތުގައި 20 މީޓު ރިކޯޑެ އިތުރުން ގައުމީ ރެކޯޑެއް ވެސް އެތުލީޓުން ވަނީ ހަދާފައެވެ. އެ ފަހަރު އެންމެ ކާމިޔާބު ޗެމްޕިއަން ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީނެވެ. މި އަހަރުގެ ކުޅިވަރު ކަލަންޑަރުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ގިނަ މުބާރާތްތަކެއް ތާވަލުކޮށްފައެވެ. މި އަހަރުގެ އިވެންޓުތައް ސްކޫލް އެތުލެޓިކްސް މުބާރާތުން ފަށާއިރު، މުޅި ރާއްޖޭގެ ބައިވެރިވުމާއެކު މުބާރާތްތަކާއި ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ